Search Streamline Icon: https://streamlinehq.com

ސަރުކާރު ހިންގާ މައި ޕާޓީއާއި ގުޅުނީ ރައްޔިތުންނަށް ޚިދުމަތް ކުރުމުގައި ދެމިހުރުމަށް: ނިހާދު

HLOI57H3wUMIdXT6dF91HncIR5YSCXS4utsuFeuO

ސަރުކާރު ހިންގާ މައި ޕާޓީ ޕީއެންސީއާ ގުޅުނީ ރައްޔިތުންނަށް ހިދުމަތްކުރުމުގައި ދެމި ހުރުމަށް ކަމަށް ފޭދޫ ދާއިރާގެ މެންބަރު މުހައްމަދު ނިހާދު ވިދާޅުވެއްޖެއެވެ.

އަހަރާ ގުޅުވާ ނިހާދު ކުރެއްވި ޓްވީޓްގައި ވިދާޅުވީ އޭނާއަކީ ރައްޔިތުންގެ މީހެއް ކަމަށާއި ދެމިހުންނާނީ ރައްޔިތުންނަސް ޚިދުމަތްކުރުންމަތީގައި ކަމަށެވެ.

ގިނަ ރައްޔިތުން އެދެނީ އޭނާ ރައްޔިތުންނަށް ހިދުމަތްކުރުމުގައި ދެމިހުރުމަށްކަން ފާހަގަކޮށް ނިހާދު ވިދާޅުވީ ރައްޔިތުންނަށް ހިދުމަތްކުރުމުގައި ދެމިހުރުމަށް ސަރުކާރު ހިންގާ ޕާޓީއާ ގުޅިފައިވާ ކަމަށެވެ.

“ އަޅުގަނޑަކީ ރައްޔިތުންގެ މީހެއް. ގިނަ ރައްޔިތުން އެދެނީ އެ ރައްޔިތުންނަށް ޚިދުމަތްކުރަން. އެގޮތުގައި ދެމިހުރުމަށް. އެކަންކުރަން ވެރިކަން ކުރާ މައިޕާޓީ އާއި ގުޅިއްޖައިން.“ ނިހާދުގެ ޓްވޯޓުގައި ވިދާޅުވެފައިވެއެވެ.

މިފަހުން ރައްޔިތުންގެ މަޖިލީހުގެ އެމްޑީޕީއަށް ނިސްބަތްވާ 13 މެންބަރަކު ވަނީ ވެރިކަންކުރާ ޕީއެންސީއާ ގުޅިފައެވެ.

އޭގެތެރޭގައި ހިމެނެނީ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް، ފޭދޫ ދާއިރާގެ މެމްބަރު އިބްރާހީމް ނިހާދު، މައްޗަންގޮޅި ދެކުނު ދާއިރާގެ މެމްބަރު އަހްމަދު ހައިތަމް، އިސްދޫ ދާއިރާގެ މެމްބަރު އަލީ ހަމީދު، ކަނޑިތީމު ދާއިރާގެ މެމްބަރު އަބްދުﷲ ޝަހީމް، ކުރެންދޫ ދާއިރާގެ މެމްބަރު އަބްދުﷲ ހަކީމް، މަތިވެރި ދާއިރާގެ މެމްބަރު ހަސަން ޒަރީރު، މުލަކު ދާއިރާގެ މެމްބަރު އިބްރާހިމް ނަސީރު، ނިލަންދޫ ދާއިރާގެ މެމްބަރު އަބްދުލް މުހުސިން ހަމީދު (ޖޭފޯ)، މާފަންނު ދެކުނު ދާއިރާގެ މެމްބަރު އާދަމް އަލީ، ކޮމަންޑޫ ދާއިރާގެ މެމްބަރު މުޙައްމަދު ރާޝިދު، ތޮއްޑޫ ދާއިރާގެ މެމްބަރު ހަސަން ޝިޔާން އަދި ގުރައިދޫ ދާއިރާގެ މެމްބަރު ޝާޒްއެވެ.

ގުޅޭ ޓެގް:

Leave a Reply

Your email address will not be published. Required fields are marked *