Search Streamline Icon: https://streamlinehq.com

ޒުވާން ޚަތީބުން ތަމްރީންކުރުމުގެ މަސައްކަތް ރޯދަމަހުގެ ކުރިން ނިމޭނެ: ޑރ ޝަހީމް

PptD94B.pptm [Autosaved]

ޒުވާން ޚަތީބުން ތަމްރީން ކުރުމުގެ މަސައްކަތް ރޯދަމަހުގެ ކުރިން ނިމޭނެކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.

އިސްލާމީ ކަންތައްތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވީ ޚުތުބާ ކިޔުމުގެ ހުއްދަ ހޯދުމަށް ހުޅުވާލި ފުރުޞަތުގައި 100 ޒުވާނުން ބައިވެރިވެފައިވާ ކަމަށެވެ. އަދި މި ފުރުޞަތުގައި ބައިވެރިވި ހުރިހާ ޒުވާނުންނަށް އަންނަ ހަފްތާގައި އިންޓަވިއު ފެށިގެން ދާނެކަމަށެވެ.

އެގޮތުން މާލެ ސަރަޙައްދުން ބައިވެރިވެފައިވާ ޒުވާނުންގެ އިންޓަވިއު ކުރިއަށް ދިއުމަށް ހަމަޖެހިފައިވަނީ ހާޒިރުކޮށްގެން ކަމަށާއި، ރަށްރަށުން ބައިވެރިވި ޒުވާނުންގެ އިންޓަވިއު ކުރިއަށް ގެންދާނީ އޮންލައިންކޮށްކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.

ވަޒީރު ޑރ. ޝަހީމް ވިދާޅުވީ، ކޮންމެ ބައިވެރިޔަކުވެސް އިންޓަވިއުގައި ޤުރްއާން ކިޔަވަން ޖެހޭނެ ކަމަށެވެ. އޭގެ އިތުރުން އެ ވުޒާރާގެ އޮންލައިން ވެބްސައިޓުގައި ހިމެނޭ ޚުތުބާއަކުން އެ ބައިވެރިޔަކު ބޭނުންވާ ޚުތުބާއެއް ކިޔުންވެސް ކުރިއަށް ދާނެކަމަށް ވަޒީރު ވިދާޅުވިއެވެ. މި މަރުހަލާތަށް ފުރިހަމަކުރާ ބައިވެރިންނަށް ޚުތުބާ ކިޔުމުގެ ހުއްދަ ދެވިގެންދާނެކަމަށް ވަޒީރު ވިދާޅުވެއެވެ.

އޭގެ އިތުރުން ޚުތުބާ ކިޔުމުގެ ހުއްދަ ހޯދުމަށް ހުޅުވާލި ފުރުޞަތުގައި ބައިވެރިވި ޒުވާނުންނަށް ޚާއްސަ ތަމްރީންތަކެއް ދެވޭނެކަމަށް ވަޒީރު ވިދާޅުވިއެވެ. މި ތަމްރީންތަކުގައި މާލެ ސަރަހައްދުން ބައިވެރިވި ޒުވާނުން ޚާޒިރުކޮށް އަދި ރަށްރަށުން ބައިވެރިވި ޒުވާނުންނަށް އޮންލައިންކޮށް ތަމްރީން ކުރިއަށް ގެންދާނެކަމަށް ވަޒީރު ވިދާޅުވެއެވެ.

މި ތަމްރީންގެ ދަށުން މޮސްކް މެނޭޖްމަންޓް، ޚުތުބާ ކިއުމުގެ ފަންނު، ޖަނާޒާގެ ކަންކަން، އިމާމުގެ އަޚްލާޤް، މިސްކިތުގެ ދައުރު އަދި ނަމާދުގެ ފިޤުހާއި ގުޅޭގޮތުން ބައިވެރިންނަށް މައުލޫމާތު ދެވޭނެކަމަށް ވަޒީރު ވިދާޅުވިއެވެ.

ދީނީ ކަންކަމަށް އިސްކަންދީ ރައްޔިތުންގެ ހޭލުންތެރިކަން އިތުރުކުރުމަށް މިސްކިތްތަކުގައި ތިއްބަވާ އިމާމުންނަކީ ހޭލުންތެރި ބަޔަކަށް ހެއްދެވުމުގެ މަސައްކަތް އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއިން ދަނީ ކުރައްވަމުންނެވެ.

ގުޅޭ ޓެގް:

Leave a Reply

Your email address will not be published. Required fields are marked *