Search Streamline Icon: https://streamlinehq.com

ދިރާސީ އަހަރުގެ ކިޔެވުން އޮންނަ ކޮންމެ ދުވަހެއްގެ ކޮންމެ ދަންފަޅިއެއްގައި ސްކޫލުތަކުގައި އެސެމްބުލީ ބޭއްވުމަށް އަންގައިފި

GBNjeJVboAAZVl8

ދިރާސީ އަހަރުގެ ކިޔެވުން އޮންނަ ކޮންމެ ދުވަހެއްގެ ކޮންމެ ދަންފަޅިއެއްގައި ސްކޫލުތަކުގައި އެސެމްބުލީ ބޭއްވުމަށް ސްކޫލަތަކަށް މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން އަންގައިފިއެވެ.

މިނިސްޓްރީން މިގޮތައް އަންގަވާފައިވަނީ އެ މިނިސްޓްރީގެ ފަރާތުން ނެރުނު ސާރކިޔުލާއަކުންނެވެ.

ރާއްޖޭގެ ހުރިހާ ސްކޫލްތަކަށް ވެސް މިނިސްޓަރީން ފޮނުވި އެ ސާކިޔުލާރގައި ބުނެފައިވަނީ ދިވެހިރާއްޖޭގެ ޤައުމީ މަންހަޖަގު ފުރިހަމަ ގޮތުގައި ތަންފީޒު ކުރުމަށް ކޮންމެ ކުއްޖަކަށްވެސް ތަޢުލީމާއި ހުނަރާއި ދިވެހި ސިފަތައް އުނގަންނައި ދިނުމަކީ ޚާއްޞަ ސަމާލުކަމެއް ދީގެން ކުރަންޖެހޭނެކަމެއް ކަމަށާއި، އިސްލާމީ ސިފަތަކާއި ސްލޫކީ މިންގަނޑުތައް ދަރިވަރުންގެ ކިބައިގައި އަށަގެންނެވުމާއި، ޤައުމިއްޔަތަށް ދަރިވަރުން އަހަމިއްޔަތުކޮށްދޭ މިންވަރު އިތުރުކުރުމުގެ ގޮތުން ދަރިވަރުންގެ ހިތްތަކުގައި ޤައުމީ ރޫޙް އާލާކޮށް ވަޠަން ދެކެ ލޯބިވާން ދަސްކޮށް ދިނުމަކީ މަންހަޖު ފުރިހަމަ ގޮތުގައި ތަންފީޒުކުރުމަށް ކުރަން ޖެހޭ ކަމެއް ކަމަށެވެ.

އެހެން ކަމާއިއެކު އެފަދަ ސިފަތައް ދަރިވަރުންގެ ކިބާގައި ހަރުލެއްވުމަށް ސްކޫލު އެސެމްބުލީ ވަރަށް މުހިއްމު ދަޢުރެއް އަދަކުރާ ކަމަށާއި މިހެންކަމާއިއެކު ސްކޫލުތަކުގެ ކިޔެވުން އޮންނަ ކޮންމެ ދުވަހެއްގެ ކޮންމެ ސެޝަނެއް ފެށުމުގެ ކުރިން އެސެމްބުލީ ބާއްވަން ޖެހޭނެ ކަމަށެވެ.

މިނިސްޓްރީގެ ސާރކިޔުލާގައި ވަނީ އެސެމްބުލީގައި ކޮންމެހެންވެސް ހިމަނަން ޖެހޭނެ 3 ކަމެއްވެސް ފާހަގަ ކުރައްވާފައެވެ. އެގޮތުން ކޮންމެ އެސެމްބުލީ އެއްގައިވެސް ކޮންމެ ދުވަހަކުވެސް ޤުރުއާން ކިޔެވުމާއި ، ޤައުމީ ސަލާމް ކިޔުމަށް އަންގަފައިވާއިރު ސްކޫލުން ކަނޑައަޅާ ވަކި ދުވަސްތަކެއްގައި ސްކޫލުގެ ލަވަ ކިޔުމަށްވެސް ވަނީ އަންގާފައެވެ.

މިގޮތައް ބޭއްވޭ އެސެމްބުލީތަކުގެ ދިގުމުން 10 މިނެޓަށްވުރެ ދިގު ނުކުރުމަށް އަންގާފައިވާއިރު ހަފްތާއަކު ކޮންމެވެސް އެއްދުވަހަކު ޚާއްޞަ އެސެމްބުލީއެއްވެސް ބެއްވުމަށް މިނިސްޓަރީން ވަނީ ސްކޫލުތަކަށް އަންގާފައެވެ. މިގޮތައް ބޭއްވޭ ޚާއްޞަ އެސެމްބުލީގައި ޤައުމީ މަންހަޖުގައި ކަނޑައަޅާފައިވާ ކުދިންގެ ކިބައިގައި ހަރުލަންވަން ޖެހޭ ޤާބިލިއްޔަތު ތަކަށާއި ، ދިވެހި ޤައުމިއްޔަތަށް އިސްކަން ދޭން ޖެހޭނެ ކަމަށް މިނިސްޓްރީގެ ސާކިޔުލާރ ގައި އަންގާފައިވެއެވެ.

ގުޅޭ ޓެގް:

Leave a Reply

Your email address will not be published. Required fields are marked *