ސޯޝަލް މީޑިއާގައި މިއަދު ގިނަ ބައެއްގެ ސަމާލުކަން ހޯދާފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ބަލި އެނދުގައި ތިބި ނުކުޅެދުންތެރި އެތަކެއް ތުއްތު ކުޑަކުދިންނެއްގެ ގައިގައި އޯގާތެރިކަމާއި އެކު ފިރުމާލާ މަންޒަރު ފެންނަ ފޮޓޯއަކަށެވެ.
މި ފޮޓީއަކީ ނިކަމެތި ރާއްޔިތުން ދިރިއުޅުއްވާ ގޭގެއަށް ރައީސް ވަޑައިގެންނެވުމުގެ ތެރެއިން ބަލި އެނދުގައި އޮތް ނުކުޅެދޭ ތުއްތު ކުޑަ ކުއްޖެއްގެ ގައިގައި ފިރުމާލާ މަންޒަރު ދައްކުވައިދޭ ފޮޓޯއެކެވެ.

ރައީސުލްޖުމްހޫރިއްޔާ އެ ތުއްތު ކުއްޖާއަށް ބެހެެއްޓި އޯތާތެރިކަމާއި ކުލުނުގެ މަންޒަރު ދައްކުވައިދޭ މި ފޮޓޯއަށް ގިނަ ބައެއްގެ ތައުރީފު ދަނީ ލިބެމުންނެވެ.
ހަޤީޤަތުގައި ވެސް ރައީސް މުއިއްޒު އަކީ އޯގާތެރި ވެރިއެކެވެ. އެއްވެސް ރައްޔިތަކަށް ތަފާތުކުރުމެއް ނެތިއެވެ.










