Search Streamline Icon: https://streamlinehq.com

2026ވަނަ އަހަރުން ފެށިގެން ދިރާސީ އައު އަހަރު ޖެނުއަރީގައި ފަށާ ގޮތަށް ނިންމައިފި

Whatsapp image 2019 01 13 at 95811 am

2026 ވަނަ އަހަރުން ފެށިގެން ދިރާސީ އާ އަަހަރުގެ ކިޔެވުން ޖެނުއަރީގައި ފަށާ ގޮތަށް ސަރުކާރުން ނިންމައިފިއެވެ.

ސަރުކާރުން މިކަން ހާމަކޮށްފައިވާނީމިއަދުގެ ކެބިނެޓް ބައްދަލުވުމުގެ ނިންމެވި ނިންމުންތަކާއި ގުޅޭގޮތުން މަޢުލޫމާތު ދެއްވުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ.

މި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން، ޕްރިންސިޕަލް ސެކްރެޓެރީ ޓު ދަ ޕްރެޒިޑެންޓް އޮން ޕަބްލިކް ޕޮލިސީ، ޢަބްދުالله ނާޒިމް އިބްރާހީމް ވިދާޅުވީ 2025 ވަނަ އަހަރު ޑިސެމްބަރު މަހު ބޮޑު ޗުއްޓީި ލިބޭނެކަމަށާއި އެއާއެކު 2026 ވަނަ އަހަރުގެ އެކެޑެމިކް ކަލަންޑަރު ފެށިގެންދާނީ ޖެނުއަރީ މަހުގައި އާއްމުކޮށް ކުރިންވެސް ފަށަމުންދިޔަ އުސޫލަށްކަމަށެވެ. އަދި އޭގެ މާނަ އަކީ ޖުލައި މަހު 3 ހަފްތާގެ ޗުއްޓީއެއް އަދި ޑިސެމްބަރު މަހު 4 ހަފްތާގެ ޗުއްޓީއެއް ރޭވިގެން ދާނެކަމަށެވެ. 

ނާޒިމް ވިދާޅުވީ، ދިރާސީ އައު އަހަރު ބަދަލު ކުރުމުގެ ކަންކަން ދާނީ ކުއްލި އަކަށް ނޫން ކަމަށާ، އެކަން ކުރިއަށް ގެންދާނީ އޭގެ ސަބަބުން ބެލެނިވެރިންނާއި ދަރިވަރުން އަދި ޓީޗަރުންނަށް ވެސް ދަތިތަކާއި ކުރިމަތިނުވާ ގޮތަށް ތައުލީމީ ކަލަންޑަރަށް މަދު މަދުން ގެނެވޭ ކުދި ބަދަލު ތަކާއި އެކުގައި ކަމަށެވެ.

އަދި އެކަމުގެ ސަބަބުން ދަރިވަރުންގެ ކިޔެވުމަށް ގޮންޖެހުންތަކެއް ނޫނީ އުނދަގޫތަކެއް ކުރިމަތި ނުވާނެ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

މިބަދަލާއި ގުޅޭ ތަފްސީލް ވަރަށް އަވަހަށް އެޑިއުކޭޝަން މިނިސްޓްރީން ހާމަކުރާނެ ކަމަށް ނާޒިމް ވިދާޅުވި އެވެ.

ގުޅޭ ޓެގް:

Leave a Reply

Your email address will not be published. Required fields are marked *