ދައުލަތުގެ މީޑިޔާ، ޕީއެސްއެމްގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ ކަމަށް ވެލިދޫ ދާޢިރާގެ ކުރީގެ މެމްބަރ ނ.ވެލިދޫ، އަމަން އަލްފާޟިލް ޢަބްދުالله ޔާމީން ރަޝީދު އައްޔަން ކުރައްވައިފިއެވެ.
ސަރުކާރު ހިއްސާވާ ކުންފުނިތަކަށް ވެރިން އައްޔަށް ކުރުމަށް އުފައްދާފައިވާ ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުން ވިދާޅުވީ ދައުލަތުގެ ވިޔަފާރި ތަންތަން ޕްރައިވެޓައިޒް ކުރުމާއި، ކޯޕަރަޓައިޒް ކުރުމާއި، އަދި މޮނިޓަރކޮށް އިވެލުއޭޓް ކުރުމުގެ ޤާނޫނުގެ މަތިން ޕީއެސްއެމްގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ ކަމުގެ މަޤާމާއި ޑިރެކްޓަރުންގެ ބޯޑުގެ މެންބަރުކަމުގެ މަޤާމަށް ޢަބްދުالله ޔާމީން ރަޝީދު އައްޔަން ކުރައްވާފައިވާ ކަމަށެވެ.
ދައުލަތުގެ މީޑިޔާ، ޕީއެސްއެމްގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރުގެ މަޤަމަށް އައްޔަށް ކުރެއްވި ޢަބްދުالله ޔާމީން އަކީ މީގެ ކުރިން ވަރަށް ގިނަ މީޑިޔާ ތަކުގައި މަސައްކަތް ކުރައްވާފައިވާ ބޭފުޅެކެވެ. އެގޮތުން ރާއްޖޭ ޓީވީގަ އާއި ސަންގު ޓީވީގައިވެސް ޢަބްދުالله ޔާމީން މަސައްކަތް ކުރައްވާފައިވެއެވެ.









