Search Streamline Icon: https://streamlinehq.com

ބޭރު ގައުމުތަކުގެ އިސްވެރިންނާއިމެދު އިހުތިރާމް ކުޑަކުރާ ސަރުކާރުގެ އޮފިޝަލުންނާއިމެދު ފިޔަވަޅު އަޅަންޖެހޭނެ: ފާރިޝް

Farish maumoon

ބޭރު ގައުމުތަކުގެ އިސްވެރިންނާއިމެދު އިހުތިރާމް ކުޑަކޮށް އަމަލުކުރާ ސަރުކާރުގެ އޮފިޝަލުންނާއިމެދު ފިޔަވަޅު އަޅަންޖެހޭނެކަމަށާއި އެފަދަ އަމަލަކަށް ފިޔަވަޅު ނާޅައިފި ނަމަ ރާއްޖޭގެ ސަރުކާރުން އެ ވާހަކަތަކަށް ތާއީދުކުރާކަމަށް ބުނުމުގެ ފުރުސަތު އޮތްކަމަށް އެމްއާރްއެމްގެ ރައީސް ފާރިސް މައުމޫން ގޮވާލައްވައިފިއެވެ.

އިންޑިއާގެ ބޮޑުވަޒީރު ނަރޭންދްރަ މޯދީއަށް ކުޑައިމީސްކޮށް ސަރުކާރުގެ ބައެއް އިސް އޮފިޝަލުންނާއި ހިންގާ ޕާޓީގެ އިސް މެމްބަރުންވެސް ޓްވިޓާރގައި ޕޯސްޓުތަކެއް ކޮށްފައިވާ މައްސަލައިގައި އެ ގައުމުގެ ރައްޔިތުން ރާއްޖެ ބޮއިކޮޓުކުރުމަށް ގޮވާލައި ކެމެޕްއިންނެއް ފަށާފައިވާއިރު، ފާރިސްވަނީ ހިނގަމުންދާ ކަންކަމާއިމެދު ކަންބޮޑުވުންތައް ހިއްސާކުރައްވާފައެވެ.

އޭނާ ވިދާޅުވީ، ބޭރު ގައުމުތަކުގެ އިސްވެރިންނާއިމެދު އިހުތިރާމް ކުޑަކޮށް އަމަލުކުރާ ސަރުކާރުގެ އޮފިޝަލުންނާއިމެދު ފިޔަވަޅު އަޅަންޖެހޭނެކަމަށެވެ. އޭނާ ވިދާޅުވީ، އެފަދަ އަމަލަކަށް ފިޔަވަޅު ނާޅައިފި ނަމަ ރާއްޖޭގެ ސަރުކާރުން އެ ވާހަކަތަކަށް ތާއީދުކުރާކަމަށް ބުނުމުގެ ފުރުސަތު އޮތްކަމަށެވެ.

އިންޑިއާ އާއި ދެމެދު އުފެދިފައިވާ މައްސަލަ އިތުރަށް ގޯސްވެދާނެ ފުރުސަތު އޮތްކަމަށް ފާރިސް ފާހަގަކުރެއްވިއިރު، ސަރުކާރުންވަނީ އެ މައްސަލައިގައި ސަރުކާރުގެ ވިސްނުންތައް ތަފާތުކަން ހިއްސާކޮށް ބަޔާނެއް ނެރިފައެވެ. ފޮރިން މިނިސްޓްރީއިން ބުނެފައިވާގޮތުން ހިއްސާ ކޮށްފައިވަނީ އަމިއްލަ ފަރާތްތަކެއްގެ ވިސްނުންތަކެއްކަމަށެވެ. އަދި އެއީ ސަރުކާރުގެ ވިސްނުން ނޫންކަމަށްވެސް ބުނެފައިވެއެވެ.

ގުޅޭ ޓެގް:

Leave a Reply

Your email address will not be published. Required fields are marked *