ދިވެހި މަސް އޮޑިފަހަރަށް ދައްކަންޖެހޭ ފައިސާގެ ތެރެއިން 100 މިލިއަން ރުފިޔާ މިއަދު ދައްކާ ގޮތަށް ވަނީ ހަމަޖެހިފައިކަމަށް މިފްކޯއިން ބުނެފިއެވެ.
މިފުކޯއިން މިކަން ހާމަކޮށްފައި ވަނީ އެކްސްގައި ކުރި ޕޯސްޓެއްގައެވެ.
މި ޕޯސްޓުގައި އެ ކުންފުނިން ބުނީ ދިވެހި މަސް އޮޑިފަހަރަށް ދައްކަންޖެހޭ ފައިސާގެ ތެރެއިން 100 މިލިއަން ރުފިޔާ މިއަދު ދައްކާ ގޮތަށް ވަނީ ހަމަޖެހިފައިކަމަށާއި މި ފުރުސަތުގައި މަސްވެެރިންގެ ފަރާތުން އެ ކުންފުންޏަށް ދެއްވަމުން ގެންދަވާ އެއްބާރުލުމަށް ނިހާޔަތަށް ޝުކުރު ދަންނަވާކަމަށެވެ.
”ދިވެހި މަސް އޮޑިފަހަރަށް ދައްކަންޖެހޭ ފައިސާގެ ތެރެއިން 100 މިލިއަން ރުފިޔާ މާދަން ދައްކާ ގޮތަށް ވަނީ ހަމަޖެހިފަ. މި ފުރުސަތުގައި މަސްވެެރިންގެ ފަރާތުން މިފްކޯއަށް ދެއްވަމުން ގެންދަވާ އެއްބާރުލުމަށް ނިހާޔަތަށް ޝުކުރު ދަންނަވަން،“ މިފްކޯއިން ކޮށްފައިވާ ޕޯސްޓުގައި ބުނެފައިވެ އެވެ.
މިފުކޯއިން މަސްވެރިންނަށް ދޭން ޖެހޭ 100 މިލިޔަން ރުފިޔާ މާދަމާ ހަވާލު ކުރާނެކަމަށް އިއުލާނު ކޮށްފައިވާ އިރު ރާއްޖޭގެ ގިނަ މަސްވެރިންތަކެއް ދަނީ މަސްކިރާފަ އެފަރާތްތަކަށް ލިބެން ޖަހޭ ފައިސާ ނުލިބުމުގެ ޝަކުވާ ކުރަމުންނެވެ.
މި ސަރުކާރު ވެރިކަމަށް އައުމަށްފަހު މީގެ ކުރިންވެސް މަސްވެރިންނަށް ދޭން ޖެހޭ ފައިސާގެ ތެރެއިން ބައެއް ވަނީ ފައިސާގެ ހައްޤުވެރި މަސްވެރިންނާއި ހަވާލުކޮށްފައެވެ.









