Search Streamline Icon: https://streamlinehq.com

ވިއްސާރައިގައި ފެންބޮޑުވެ، ގެއްލުން ލިބުނު 8 ގެއެއްގެ މީހުން ވަގުތީ ބޯހިޔާ ވަހިކަމަށް ބަދަލުކޮށްފި

FB IMG

މިއަދު ކުރި ވިއްސާރައިގައި ފެންބޮޑުވެ، ގެއަށް ފެންވަދެ ގެއްލުން ލިބުމާއި ގުޅިގެން 8 ގެއެއްގެ މީހުން ވަގުތީ ބޯހިޔާ ވަހިކަމަށް ބަދަލުކޮށްފައިވާ ކަމަށް ނެޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ބުނެފިއެވެ.

ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި އެންމެ ބޮޑަށް ގެއްލުންވެފައިވާ ރަށްތަކާއި ގުޅޭ ގޮތުން މައުލޫމާތު ދެމުން، އެންޑީއެމްއޭ އިން ބުނީ، މިރެއާ ހަމައަށް ވިއްސާރައިގައި އެކިއެކި ގެއްލުން ވެގެން މާލޭގެ އިތުރުން ހަތަރު ރަށަކުން ރިޕޯޓް ކޮށްފައިވާ ކަމަށެވެ. އެއީ ތ. ގުރައިދޫ، ތ. ދިޔަމިގިލި، ލ. މާމެންދޫ، ދ ކުޑަހުވަދޫއެވެ.

މިއާއެކު އެންޑީއެމްއޭއިން ބުނީ، ފެންބޮޑުވެ 144 ގެއަކުން އެހީއަށް އެދިފައިވާ ކަމަށާ، އެ ގޭގެ ތެރެއިން 132 ގެއަކަށް މިހާތަނަށް އެހީތެރިކަން ފޯރުކޮށްދީފައިވާކަމަށެވެ.

އަދި މިރޭގެ މިހާތަނަށް 91 ގެއެއްގައި ވެލިބަސްތާ ޖެއްސިފައި ވާއިރު، 8 ގެއެއްގެ 57 މީހުންނަށް ވަގުތީ ބޯހިޔާވަހިކަމާއި ކެއިން ބުއިން ހަމަޖައްސާފައިވާކަމަށްވެސް ބުނެފައިވެއެވެ.

ފެން ބޮޑުވެ ގެއްލުން ލިބުނު ރަށްތަކުގެ ތެރެއިން އެންމެ ބޮޑު ގެއްލުމެއް ލިބިފައިވަނީ މާލެއަށް ކަމަށް އެންްޑީއެމްއޭ އިން ފާހަގަކޮށްފައި ވެއެވެ.

ގުޅޭ ޓެގް:

Leave a Reply

Your email address will not be published. Required fields are marked *