Search Streamline Icon: https://streamlinehq.com

މަކަރާ ހީލަތުން ޑޮލަރުތަކެއް ހޯދާފައިވާ ދެމީހަކު ހޯދަނީ

Police

މަކަރާހީލަތުން ޑޮލަރުތަކެއް ހޯދާފައި މައްސަލަކާއި ގުޅިގެން ފުލުހުން ބަލަމުންދާ މައްސަލައެއްގައި ދެމީހަކު ހޯދުމަށް ފުލުހުން ފޮޓޯއާއި ވަނަވަރު އާއްމުކުރައްވައި އެ ދެމީހުން ހޯދުމަށް އިޢުލާން ކުރައްވައިފި އެވެ.

ފުލުހުން ހާމަކުރެއްވި ގޮތުގައި މި ދެމީހުން ހޯދުމަށް އިޢޫލާން ކޮށްފައިވަނީ މ. މުލީ ޕޮލިސް ސްޓޭޝަނުން ތަހުގީގުކުރަމުންދާ މަކާރާއި ހީލަތުން 400 ޑޮލަރު ހޯދާފައިވާކަމަށް ތުހުމަތުކުރެވޭ މައްސަލައެއްގެ ތަހުގީގަށް ދެ މީހަކު ހާޒިރުކުރުމަށް ބޭނުންވެ، އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް ޗިޓު ރައްދުކުރެވިފައި ނުވާތީ އެވެ.

މި މައްސަލައާއި ގުޅިގެން ފުލުހުން ހޯދުމަށް އިޢުލާން ކުރައްވާފައިވަނީ  މާލެ، މއ.ކެނދިފަށުވިގެ ޢުމުރުން 61 އަހަރުގެ ޢަބްދުﷲ މުޙައްމަދު އައިޑީ ކާޑު ނަންބަރު: A007456 އާއި، މާލެ މއ.ޑޯރެންސީ ވިލާ ޢުމުރުން 42 އަހަރުގެ އިސްމާޢީލް ޝިމާމް އައިޑީ ކާޑު ނަންބަރު: A098847 އެވެ.

ފުލުހުން ވިދާޅުވީ މި ދެމީހުން ހޯދުމަށް ޖިނާއީ މައްސަލަތައް ތަހުގީގުކުރުމުގައި ފުލުހުން އަމަލުކުރާނެ އިޖުރާއަތުގެ ގަވާއިދުގެ 27 ވަނަ މާއްދާގައިވާ ގޮތުގެމަތިން ތަހުގީގަށް ހާޒިރުވުމަށް އަންގައި އިއުލާނުކުރައްވާ ކަމުގަ އެވެ.

ހާޒިރުވާންޖެހޭ ތަނާއި ތާރީޚާއި ގަޑި:  މ. މުލީ ޕޮލިސް ސްޓޭޝަނަށް،  2024 ފެބްރުއަރީ 24 ވަނަ ދުވަހުގެ 10:00އަށް

Leave a Reply

Your email address will not be published. Required fields are marked *