Search Streamline Icon: https://streamlinehq.com

އިސްރާއީލާއި ދެކޮޅަށް އަމިއްލަ ގައިގައި ރޯކޮށްލި އެމެރިކާ މީހާއަށް ހަމާސްގެ ތައުރީފު

USA ISRAEL politics diplomacy

ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް އިޒްރޭލުން ހިންގަމުންދާ ގަތުލުއާންމަށް ވާގިދޭން ބޭނުން ނުވާ ކަމަށް ބުނެ އެމެރިކާގެ ވައިގެ އަަސްކަރިއްޔާގައި މަސައްކަތްކުރާ މުވްޒަފަކު އެމެރިކާގަައި ހުންނަ އިޒްރޭކުގެ އެމްބަސީ ކައިރީގައި އަމިއްލަ ގައިގައި ރޯކޮށްލުމުން ފަލަސްތީނުގެ ދިފާއުގައި ހަނގުރާމަ ކުރާ ހަމާސް ޖަމާއަތުން އޭނާއަށް ތައުރީފް ކޮށް ބަޔާނެއް ނެރެފިއެވެ.

އިޒްރޭލުގެ ޖަރީމާ ކުށްވެރިކޮށް އަމިއްލަ ގައިގައި އިއްޔެ ރޯކޮށްލީ އެމެރިކާގެ އެއާފޯސްގެ ސިފައިންގެ މީހެއްކަމަށް ރިޕޯޓުތައް ބުނެެވެ. އޭނާ އަމިއްލަ ގައިގައި ރޯކޮށްލީ ސިފައިންގެ ޔުނީފޯމާއި އެމު އެމެރިކާގައި ހުންނަ އިސްރާއީލުގެ އެމްބަސީގެ ކުރިމަތީގައެވެ.

މިކަމާއި ގުޅިގެން ހަމާސްއިން ބަޔާނެއް ނެރެފައިވާއިރު، މި ބަޔާނުގައި ބުނެފައިވަނީ އިސްރާއީލޫގެ ޖަރީމާތަކާއި ދެކޮޅު ހަދައި އަމިއްލަ ގައިގައި ރޯކޮށްލި އެމެރިކާގެ މި މީހާއަކީ އިންސާނިއްޔަތުގެ މިސާލެއްކަމަށެވެ. އަދި އޭނާ އެ ދައްކުވައިދިނީ މުޅި ދުނިޔެއަށް ވެސް ރަނގަޅު މިސާލެއްކަމަށް ބުނެފައިވެއެވެ.

ހަމާސްގެ ބަޔާނުގައި އިތުރަށް ބުނެފައިވަނީ އެމެރިކާގެ އެއާފޯސްއަށް ނިސްބަތްވާ މި މީހާ ފަލަސްތީނުގެ ރައްޔިތުންގެ ދިފާއުގައި ހުރިކަން މުޅި ދުނިޔެއަށް ދައްކުވައި ދިނުމަކީ ލިބުނު ބޮޑު ހިތްވަރެއް ކަމަށާއި އެކަމަށް އެމީހާއަށް ސެލިއުޓު ކުރާކަމަށެވެ.

އަމިއްލައަށް ގައިގައި ރޯކޮށްލި މި މީހާ ވަރަށް ބޮޑަށް ފިހުނުއިރު، މީހާ އަށް މިހާރު އަންނަނީ ހޮސްޕިޓަލްަގއި ފަރުވާ ދެމުންނެވެ. އަދި އޭނަގެ އޭނަގެ ހާލު ވަރަށް ސީރިއަސް ކަމަށް މީޑިއާތަކުން ބުންޏެވެ،

ވޮޝިންޓަން ޑީސީގައި ހިންނަ އިޒްރޭލު އެމްބަސީ ކައިރީގައި އަމިއްލަ ގައިގައި ރޯކޮށްލި ހާދިސާއާ ގުޅިގެން އެމެރިކާގެ އެއާ ފޯސް އިން ބުނީ އެކަން ކުރީ ޑިއުޓީގައި ހުރި އެތަނުގެ މުވައްޒަފެއް ކަމަށެވެ. އޭނަގެ ނަމަކީ އާރޮން ބުޝްނެލް އެވެ.

އޭނަ ގައިގައި ރޯކޮށްލާ މަންޒަރު ފެންނަ ވީޑިއޯއެއް ވެސް ސޯޝަލް މީޑިއާގައ އާންމުވެފައިވާ އިރު އޭގައި ފެންނަނީ ފަލަސްތީން މިނިވަން ކުރަން ގޮވައިލުމަށް ފަހު، ގަޔަށް ތެޔޮ އަޅައިގެން ރޯކޮށްލާ ތަނެވެ. އަދި އެއާ އެކީ އޭނަ ބިން މައްޗަށް ވެއްޓޭ ތަން ފެނެ އެވެ.

މި ހާދިސާއާއި ގުޅިގެން ދުނިޔޭގެ ގިނަ ބަޔަކު އަންނަނީ އެމީހާއަށް ތައުރީފުކޮށް ސޯޝަލް މީޑިއާގައި ތައުރީފުގެ ބަސްތައް ބުނަމުންނެވެ.

ގުޅޭ ޓެގް:

Leave a Reply

Your email address will not be published. Required fields are marked *