Search Streamline Icon: https://streamlinehq.com

ބަނޑުހައިހޫނުކަމުގައި ޣައްޒާ އިން މަރުވި ތުއްތު ކުދިންގެ އަދަދު 10 އަށް!

4S2A3338

ފަލަސްތީނުގެ ޣައްޒާއިން، ބަނޑުހައިހޫނުކަމުގައި މަރުވި ކުޑަކުދިންގެ އަދަދު 10 އަށް އަރައިފި ކަމަށް ޣައްޒާގެ ހެލްތު މިނިސްޓްރީން ބުނެފިއެވެ.

ފަލަސްތީނުގެ ސިއްހަތާ ބެހޭ ވުޒާރާއިން ނެރުނު ބަޔާނެއްގައި ބުނީ ޣައްޒާއިން އެންމެ ފަހުން މަރުވެފައިވަނީ ކަމާލް އަދްވާން ހޮސްޕިޓަލުގައި ފަރުވާ ދެމުން ދިޔަ ހަތަރު ކުއްޖަކު ކަމަށެވެ.

ރިޕޯޓުގައި ބުނެފައިވަނީ ކަމަލް އަދްވާން ހޮސްޕިޓަލުގައި ހަތަރު ކުއްޖަކު އަދި އަލް ޝިފާ މެޑިކަލް ކޮމްޕްލެކްސްގައި ފާއިތުވި ދުވަސްތަކުގައި އިތުރު ދެ ކުއްޖަކު މަރުވެފައިވާ ކަމަށާއި އެކުދިން މަރުވެފައިވަނީ ކާނާ ނުލިބި ބަނޑުހައިހޫނުކަމުގައި ކަމަށް ބުނެފައިވެއެވެ.

އިސްރާއީލު ސިފައިން ވަށާލާފައިވާ ޣައްޒާގެ އުތުރުގައި އިންސާނީ ކާރިސާއެއް ހިނގިޔަ ނުދިނުމަށާއި ޣައްޒާގައި އިސްރާއީލުން ހިންގަމުންދާ ޖަރީމާތައް ހުއްޓުވުމަށް ބައިނަލްއަގްވާމީ މުޖުތަމައުގެ އަޚްލާގީ އަދި އިންސާނީ އިމްތިހާނަކާ ކުރިމަތިލާން ޖެހިފައިވާ ކަމަށްވެސް ބަޔާނުގައި ވަނީ ބުނެފައެވެ.

ކުޑަކުދިން މަރުވުމަކީ އިންސާނިއްޔަތު ހިމާޔަތް ކުރުމުގައި ބައިނަލްއަގްވާމީ ގޮތުން ފެއިލްވުން ކަމަށާއި އެކަން އެގޮތައް ހިނގުމަކީ ބަލައިގަނެވޭނޭ ކަމެއް ނޫން ކަމަށް ވެސް ވަނީ ބުނެފައެވެ.

އިސްރާއީލުން ޣައްޒާއަށް ދިން ހަމަލާތަކުގައި 31 ހޮސްޕިޓަލެއް ހަލާކުކޮށްލާފައި ވާއިރު، ހަމަލާތަކުގައި ޒަޚަމްވާ މީހުންނަށް ދޭނެ ބޭސްފަރުވާގެ ސާމާނު ނުލިބުމުގެ ސަބަބުން ހިދުމަތް ބޮޑެތި ދަތިތަކަކާއި ކުރިމަތިލާން ޖެހިފައިވެއެވެ.

އިސްރާއީލު ހަނގުރާމައިގެ ސަބަބުން ޣައްޒާގެ އާބާދީގެ 85 އިންސައްތަ މީހުން ކާބޯތަކެއްޗާއި ސާފު ފެނާއި ބޭހުގެ ދަތިކަން ބޮޑުވެ ގެދޮރު ދޫކޮށް ގޮސްފައިވާއިރު، އެންކްލޭވްގެ އުމްރާނީ ވަސީލަތްތަކުގެ 60 އިންސައްތަ ވަނީ ހަލާކުވެ ނުވަތަ ބޭނުން ނުކުރެވޭވަރުވެފައި ކަމަށް އދ.އިން ބުނެއެވެ.

އިސްރާއީލްގެ ހަމަލާތަކުގައި މިހާތަނަށް ފަލަސްޠީނުގެ 30،035 މީހުން ޝަހީދުވެ، 70،457 އަށްވުރެ ގިނަ މީހުން ވަނީ ޒަޚަމްވެފައެވެ.

ގުޅޭ ޓެގް:

Leave a Reply

Your email address will not be published. Required fields are marked *