Search Streamline Icon: https://streamlinehq.com

އަހަރެމެންގެ ފަރުދީ އުނިކަން ފޫބެއްދުމަށް ޓަކައި، އެކަކުއަނެކަކަށް އެހީތެރިވެ އަޅައިލާން އެބަޖެހޭ: ޚުތުބާ

3F6E1C31 24D6 4A08 B704 8D3E5767055F

މި ވަޠަން މި ޢަޤީދާއިން ބޭރަށް ލެވޭތޯ މަސައްކަތްކުރާ ޖަމާޢަތްތަކާއި، ޖަމްޢިއްޔާތައް ވަރަށް ގިނަކަމަށާއި މި ފަދަ ނުބައި ރޭވުންތަކުން މި ވަޠަން ސަލާމަތް ކުރުމަށް ޓަކައި، އަހަރެމެންގެ ފަރުދީ އުނިކަން ފޫބެއްދުމަށް ޓަކައި، އެކަކުއަނެކަކަށް އެހީތެރިވެ އަޅައިލާން އެބަޖެހޭކަމަށް މިއަދުގެ ޙުކުރު ޚުތުބާގައި ބުނެފިއެވެ.

ރާއްޖޭގެ ކަންކޮޅުތަކުގައި މިއަދު އިއްވި ހުކުރު ޚުތުބާގައި ބުނީ މި ވަޠަން މި ޢަޤީދާއިން ބޭރަށް ލެވޭތޯ މަސައްކަތްކުރާ ޖަމާޢަތްތަކާއި، ޖަމްޢިއްޔާތައް ވަރަށް ގިނަކަމަށާއި މި ފަދަ ނުބައި ރޭވުންތަކުން މި ވަޠަން ސަލާމަތް ކުރުމަށް ޓަކައި، އަހަރެމެން އެކަތިގަނޑަކަށް ވާން އެބަޖެހޭކަމަށާއި މިކަމުގައި އަހަރެމެންގެ ބަސް އެއް ބަހަކަށް ހަދަން އެބަޖެހޭކަމަށެވެ.

އެގޮތުން އަހަރެމެންގެ ފަރުދީ އުނިކަން ފޫބެއްދުމަށް ޓަކައި، އެކަކުއަނެކަކަށް އެހީތެރިވެ އަޅައިލާން އެބަޖެހޭކަމަށް މިއަދުގެ ޙުކުރު ޚުތުބާގައި ބުނެފައި ވެއެވެ. އެގޮތުން އަހަރެމެންގެ ފަރުދީ އުނިކަން ފޫބެއްދުމަށް ޓަކައި، އެކަކުއަނެކަކަށް އެހީތެރިވެ އަޅައިލާން އެބަޖެހޭކަމަށާއި ދޭދޭ ފަރުދުންގެ މެދުގައި ހުރި ޚިލާފުތަކާއި ދެބަސްވުންތައް އެއްފަރާތްކޮށް، ޖަމާޢަތުގެ މަޞްލަޙަތު އިސްކޮށް، ފަހިމަގުން ކަންކަން ހިންގަން އެބަޖެހޭކަމަށް މިއަދުގެ ޚުތުބާގައި ބުނެފައިވެއެވެ.

ޚުތުބާގައި އިތުރަށް ބުނީ ވަޠަނަށްޓަކައި ކޮންމެ މީހަކު އަދާކޮށްދޭން ޖެހޭ ވާޖިބުތަކުގެ ތެރޭގައި، ޤައުމު ބިނާ ކުރުމުގައި ބައިވެރިވެ، ކޮންމެ މީހަކު ވެސް އެމީހެއްގެ ޙިއްޞާ އަދާކުރުން ވާކަމަށާއި ޤައުމު ބިނާކުރުމުގައި ބައިވެރި ވުމަކީ، ﷲ އިންސާނާއާ ޙަވާލުކުރައްވާފައިވާ ދުނިޔެ އާރާސްތުކުރުމުގެ މަސައްކަތުގައި ބައިވެރިވުންކަމަށެވެ.

ކޮންމެ މީހަކު ވެސް ޤައުމު ބިނާކުރުމަށް ޓަކައި ކުރެވެން އޮތް ކޮންމެ ކަމެއް ކުރުމަކީ އޭނާގެ މައްޗަށް ވާޖިބުވެގެންވާ ކަމެއްކަމަށާއި ޤައުމު ބިނާކުރުމުގެ މަސައްކަތަކީ، މީހާގެ ޤާބިލުކަމާއި، ހުނަރުވެރިކަމާ ގުޅިފައިވާ ކަމެއް ކަމަށްވެސް މިއަދުގެ ޚުތުބާގައި ވަނީ ބުނެފައެވެ.

ޞާލިޙު އިންސާނުންތަކެއް ބިނާކުރުމާއި، ކޮންމެ މީހަކުވެސް ޤައުމަށް ފައިދާ ހުރި މަސައްކަތެއް ކުރުމަކީ ވެސް ޤައުމު ބިނާކުރުމުގެ ތެރޭގައި ގުނޭނެ ކަމަށާއި ތަޢުލީމު ޙާޞިލުކުރުމަށް ފަހު، ޤައުމަށް އޭގެ ފައިދާ ހޯދައިދިނުމާއި، ޤައުމުގައި ރިވެތި އަޚްލާޤާއި، އަބުރުވެރި ދިރިއުޅުމެއް ފެތުރުމާއި، ދޭދޭ ފަރުދުންގެ މެދުގައި ގުޅުންތައް ރަނގަޅުކޮށް، ބަދު އަޚްލާޤީ ޢަމަލުތަކުން ޤައުމު ޠާހިރު ކުރުމަށް މަސައްކަތް ކުރުން ވެސް ޤައުމު ބިނާކުރުމުގެ ތެރޭގައި ހިމެނޭކަމަށް ޚުތުބާގައި ބުނެފައިވެއެވެ.

ގުޅޭ ޓެގް:

Leave a Reply

Your email address will not be published. Required fields are marked *