Search Streamline Icon: https://streamlinehq.com

އިނގިރޭސިވިލާތުގެ ބޯޓުތަކަށް ހަމަލަ ދީ ފައްތާލުމުގެ މަސައްކަތް ރަސްމީކޮށް ފަށައިފިން: ޔަމަން

558722

ގަލްފް އޮފް އެޑެންއަށް އެތެރެވާ އިނގިރޭސިވިލާތުގެ ބޯޓުތަކަށް ހަމަލަ ދީ ފައްތާލުމުގެ މަސައްކަތް ފަށާފައިވާ ކަމަށް ޔަމަނުގެ ހޫތީ ހަނގުރާމަވެރިޖަމާއަތުން ރަސްމީކޮށް އިއުލާނުކޮށްފިއެވެ.

އިންގިރޭސިވިލާތުގެ ބޯޓުތައް ފައްތާލުމުގެ މަސައްކަތް ފެށިގެން ހޫތީ ހަނގުރާމަވެރިން އިއުލާނު ކޮށްފައިވާއިރު، އެ ޖަމާއަތުން ވަނީ ގަލްފް އޮ އެޑެންގައި އޮތް އިނގިރޭސި މަނަވަރު، ރޫބީމާ އަށް ހަމަލަދީ ފައްތާލާފައެވެ.

އެމެރިކާގެ އަސްކަރިއްޔާއިން ކަށަވަރުކޮށްދީފައިވާ ގޮތުގައި އިނގިރޭސިވިލާތުގެ މަނަވަރު ރޫބީމާ އަޑިއަށް ދިޔައީ ޔަމަނުގެ ހޫތީ ހަނގުރާމަވެރިން ފޮނުވާލި އެންޓި ޝިޕް ބެލިސްޓިކް މިސައިލެއް އަމާޒުވެގެންނެވެ.

ހޫތީން ބުނީ އިނގިރޭސިވިލާތުގެ އިތުރު މަނަވރުތަކަށް ހަމަލަދީ ފައްތާލުމުގެ މަސައްކަތް ރަސްމީކޮށް ފަށާފައިވާ ކަމަށާއި އަދި އިތުރު ހަމަލަތައްވެސް އިނގިރޭސީންނަށް އަމާޒުކޮށް ދޭނޭކަމަށެވެ.

ހޫތީ އިސްވެ އޮވެ ހިންގާ ޔަމަނުގެ ސަރުކާރުގެ ޚާރިޖީ ވަޒީރުގެ ނައިބު ހުސެއިން އަލް އެޒީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވި އިނގިރޭސީން އެމެރިކާ ގުޅިގެން ޔަމަނަށާއި ފަލަސްތީނަށް ދޭ އުދުވާނީ ހަމަލާތަކުގެ ބަދަލު ވަރަށް ހިތިގޮތަކަށް ދޭނޭކަމަށެވެ. އޭނާ އިތުރަށް ވިދާޅުވީ ރަތްކަނޑާއި ގަލްފް އޮފް އެޑެން އަށް އެތެރެވާ އިސްރާއީލަށް ވާގިދޭ އިނގިރޭސިވިލާތާއި އެމެރިކާގެ ހުރިހާ އުޅަނދުތަކަކަށް ވެސް މިސައިލް ހަމަލާތައް ދޭނެކަމަށެވެ.

އިސްރާއީލާއި އެމެރިކާ ގުޅިގެން ފަލަސްތީނުގައި ހިންގާ ހަތުލުއާންމުތަކާއި ގުޅިގެން މިނިދިަ އަހަރުގެ ނޮވެމްބަރުން ފެށިގެން ހޫތީން ދަނީ ޑްރޯންތަކާއި މިސައިލްތައް ބޭނުންކޮށްގެން އިސްރާއީލާއި އެގައުމަށް ވާގިވެރިވާ ގައުމުތަކުގެ ވިޔަފާރި ބޯޓުފަހަރަށް ހަމަލާތައް އަމާޒުކުރަމުންނެވެ.

އިގިރޭސިވިލާތާއި އެމެރިކާއިން ޔަމަނަށް ހަމަލާތައް ދެމުން ގެންދަނީ ރަތް ކަނޑުން ދަތަުރުކުރާ ބޯޓުފަހަރަށް ދޭ ހަމަލާތަކުގެ ބަދަލު ހިފުމުގެ ގޮތުންނެވެ.

ގުޅޭ ޓެގް:

Leave a Reply

Your email address will not be published. Required fields are marked *