Search Streamline Icon: https://streamlinehq.com

މާ ރީތި ބަހަކުން ދެން އިދިކޮޅު ފަރާތްތަކާއި މުހާތަބެއް ނުކުރެވޭނެ: މެމްބަރު ސަލީމް

Original

ސަރުކާރާއި އިދިކޮޅު ފަރާތްކާއި މާ ރީތި ބަހަކުން ދެން މުހާތަބެއް ނުކުރެވޭނެކަމަށް އޭދަފުށި ދާއިރާގެ މެމްބަރު އަހުމަދު ސަލީމް (ރެޑްވޭވް ސަލީމް) ވިދާޅުވެއްޖެ އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު ބ. އޭދަފުއްޓަށް ވަޑައިގެން ރޭ ބޭއްވި ޖަލްސާގައި ވާހަކަދައްކަމުން ސަލީމް ވިދާޅުވީ އިދިކޮޅު ފަރާތްތަކުން މިހާރު ނިކުމެ ތިބީ މި ސަރުކާރާ ބެހެން ކަމަށާއި އެ ފުރުސަތު ދީގެން ނުވާނެ ކަމަށެވެ. އެގޮތުން އިދިކޮޅު ފަރާތްތަކަށް ވުރެ ނުބައިވާންޖެހޭ ކަމަށާއި އެމީހުންނާއި ދެން މާ ރީތިބަހުން މުހާތަބު ނުކުރެވޭނޭކަމަށެވެ.

މެމްބަރު ސަލީމް ވިދާޅުވީ ބޮޑާ ކިބުރުވެރި ނުބައި ޖައްބާރު މީހުންގެ ކުރިމަތީގައި އެއަށް ވުރެ ބޮޑާވެ ގަތުމަކީ ސޮދަގާތެއްކަމަށް އަރަބި ބަހެއްގައި އޮންނަމަށެވެ. އެހެންކަމުން މިކަހަލަ ނުބައި ޖައްބާރުތަކެއްގެ ކުރިމަތީގައި އެމީހުންނަށް ވުރެ ނުބައި ނުލަފާ ޖައްބާރުކަން ދައްކަން މަހުބޫކަމަށް އިދިކޮޅު ފަރާތްތަކަށް ރައްދުކޮށް ސަލީމް ވިދާޅުވި އެވެ.

އިދިކޮޅު ފަރާތްތަކަށް ވުރެ ނުބައިވާންޖެހޭ ކަމަށާއި އަދި އެއަށް ވުރެ ނުލަފާވެ، ހަޔާތް ކުޑަވާންޖެހޭނެ ކަމަށް ވެސް ސަލީމް ވިދާޅުވި އެވެ.

އޭނާ އިތުރަށް ވިދާޅުވި އިދިކޮޅު ފަރާތްތަކަށް ސަރުކާރާ ބެހެން ކުރިއަށް އޮތް ތަނުގައި ފުރުސަތު ނުދޭނެ ކަމަށާއި އެ ފުރުސަތު މިހާތަނަށް ތިބީ ދީގެން ކަމަށެވެ. އޭގެ ނަތީޖާއަކަށް ވެގެންދިޔައީ އިދިކޮޅު ފަރާތްތަކުން ސަރުކާރުގެ ބޮލަށް އަރަން އުޅުން ކަމަށާއި އެ ފުރުސަތު ދެން ނުދެވޭނެ ކަމަށް ތަކުރާރުކޮށް ސަލީމް ވިދާޅުވި އެވެ.

މީގެއިތުރުން ސަލީމް ވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ވެސް ބަހުގެ ހަމަލާތަކެއް ރޭގެ ޖަލްސާގައި އަމާޒުކޮށްފަ އެވެ. އެގޮތުން ވަކި މީހަކު ނެތުމުން ކާމިޔާބެއް ނުލިބޭނެ ކަމަށް ހީކުރުމަކީ ކުށްހީއެއް ކަމަށާއި ނަސްރާއި ކާމިޔާބަކީ މާތްﷲ ދެއްވާ އެއްޗެއް ކަމަށް ސަލީމް ވިދާޅުވި އެވެ.

ގުޅޭ ޓެގް:

Leave a Reply

Your email address will not be published. Required fields are marked *