Search Streamline Icon: https://streamlinehq.com

އަންނަ ރަމަޟާން މަހު ކައިވެނިކޮށްދިނުމަށް ހަމަޖެހިފައިވާ ގަޑިތައް އާންމުކޮށްފި

023 family court

މިއަހަރުގެ ރަމަޟާން މަހާއި ޝައްވާލު މަހުގެ ފުރަތަމަ 7 ދުވަހު ފެމިލީ ކޯޓުން ކައިވެނިކޮށްދޭނެ ގަޑިތައް އާންމު ކޮށްއަންގާ އެކަން އިއުލާނު ކޮށްފިއެވެ.

އެގޮތުން ފެމިލީ ކޯޓުން ބުނީ ރަމަޟާން މަހު ކައިވެނިކޮށްދިނުމަށް ހަމަޖެހިފައިވާ ގަޑިތަކަކީ ކޯޓުގައި ކައިވެނިކުރާނަމަ ރަސްމީ ދުވަސްތަކުގެ 09:30 އިން 12:30 އަށް ކަމަށާއި އަދި ރޭގަނޑު 21:30 އިން 23:30 އަށް ކަމަށެވެ.

އަދި ކޯޓުން ބޭރުގައި ކައިވެނިކޮށްދިނުމަށް ހަމަޖެހިފައިވަނީ ހަފުތާގެ ކޮންމެ ދުވަހެއްގެ 21:30 އިން 23:30 އަށް ކަމަށް ފެމިލީ ކޯޓުން ބުނެއެވެ.

މީގެ އިތުރުން ޝައްވާލު މަހުގެ ފުރަތަމަ 7 ދުވަހު ކޯޓުގައި ކައިވެނިކޮށްދިނުމަށް ހަޖެހިފައިވަނީ ރަސްމީ ދުވަސްތަކުގެ 09:30 އިން 12:30 އަށް، 16:00 އިން 17:30 އަށް، އަދި ރޭގަނޑު 19:30 އިން 21:30 އަށް ކަމަށް އެ ކޯޓުން ވަނީ ބުނެފައެެވެ.

ޝައްވާލު މަހުގެ ފުރަތަމަ 7 ދުވަހު ކޯޓުން ބޭރުގައި ކައިވެނިކޮށްދޭ ގަޑިތަކަކީ ކޮންމެ ދުވަހެއްގެ 16:00 އިން 17:30 އަށެވެ.

ރަމަޟާން މަހުގެ ފަހު ދިހައަކީ ސަރުކާރު ބަންދު ދުވަސްތަކެއް ކަމުގައިވެސް ސަރުކާރުން ކަނޑައަޅައިފައިވާއިރު، ރަމަޟާން މަހާއި ވިދިގެން އަންނަ ޝައްވާލު މަހުގެ ފުރަތަމަ ހަތް ދުވަހުގައި ސަރުކާރުގެ ރަސްމީ މަސައްކަތު ގަޑިކަމުގައި ހަމަޖައްސާފައިވަނީ ހެނދުނު 9:00 އިން މެންދުރުފަހު 1:00 އެވެ.

ގުޅޭ ޓެގް:

Leave a Reply

Your email address will not be published. Required fields are marked *