Search Streamline Icon: https://streamlinehq.com

ފާއިތުވި ފަސްއަހަރު ސިއްހީ ނިޒާމް ވަނީ ވީރާނާ ކޮށްލާފަ: ޚަލީލް

Min. Khaleel

ފާއިތުވި ފަސް އަހަރުގައި ސިއްހީ ނިޒާމަށް އަޅާނުލެވި ހުރި ހުރުމުގެ ސަބަބުން، މުޅި ނިޒާމްވެސް ވަނީ ވީރާނާ ވެފައި ކަމަށް ސިއްހަތާއި ބެހޭ ވުޒާރާގެ ވަޒީރު ޑރ އަބްދުالله ޚަލީލް ވިދާޅުވެއްޖެ އެވެ.

ރައީސުލްޖުމްހޫރިއްޔާ ދ އަތޮޅަށް ކުރައްވަމުންދާ ދަތުރުފުޅުގެ ތެރެއިން މީދޫ އަށް ވަޑައިގެން އެ ރަށު ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ޚަލީލް ވިދާޚުވީ ފާއިތުވި ފަސް އަހަރުގައި ސިއްހީ ނިޒާމަށް އެއްވެސް އަޅާލުމެއް ބަހައްޓާފައި ނުވާކަމަށާއި އެކަނުގެ ނަތީޖާއެއްގެ ގޮތުން މުޅި ސިއްޚީ ނިޒާމް ވަނީ ވީރާނާ ވެފައި ކަމަށެވެ.

ޚަލީލް ވަނީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ޞާލިހު އެމްޑީޕީގެ މަޖިލިސް ކެންޕެއިނަށް ރަށްރަށަށް ކުރައްވަމުންދާ ދަތުރުފުޅުގެ ތެރެއިން ކެނދިކުޅުދޫ ހޮސްޕިޓަލާއި ގުޅިގެން ދެއްކެވި ވާހަކަތައް ދޮގުކުރައް އެ ވާހަކަރަކަށް ރައްދު ދެއްވާފައެވެ. އެގޮތުން ޚަލީލް ވިދާޚުވީ ކުރީ ސަރުކާރުން ކެނދިކުޅުދޫ ގައި ހޮސްޕިޓަލެއް އަޅަން ކޮންޓްރެކްޓަރ އަކާއި ހަވާލުކުރި ކަމަށާ، ފައިނޭންސް ވެސް ހަމަޖެއްސެވި ކަމަށް ރައީސް ޞާލިހް ވިދާޅުވި ނަމަވެސް، އެއީ އިތުރުފުޅެއް ކަމަށެވެ. އަދި ކޮންޓްރެކްޓް ގައި ސޮއި ކުރި ނަމަވެސް އޭރު ފައިނޭންސްގެ ކަންތައް ހަމަނުޖައްސާ ކަމަށާއި އެކަމަށް ބޭނުންވާ ފައިނޭންސް ހަމަޖައްސައިދިނީ މި ސަރުކާރުން ކަމަށެވެ.

ޚަލީލް ވިދާޅުވީ ރާއްޖޭގެ ކޮންމެ ތަނަކަށް ވަނަސް އިވޭ އަޑަކީ ޑޮކްޓަރުން ނެތޭ، ނަރުހުންނެތޭ، ނޫނީ އެވެނި ކަމެއް މިވެނި ގޮތަށޭ ހުރީ، އެހެންވީމާ މިކަންކަން ހައްލު ކޮށްދޭށޭ ބުނާ އަޑުކަމަށެވެ. އަދި ފަސް އަހަރުގެ ވެރިކަމެއް ނިމިގެންދާއިރު، ސިއްޚީ ނިޒާމެއް ބަލިކަށިވެފައި އޮތުމަކީ އެ ސަރުކާރެއްގެ ނާގާބިލްކަން ދޭހަވާކަމެއް ކަމަށް ޚަލީލް ވިދާޅުވިއެވެ

ޚަލީލް އިތުރަށް ވިދާޅުވީ، މި ސަރުކާރު ވެރިކަމާއި ހަވާލުވުމަށްފަހު އެންމެ ފުރަތަމަ ކުރަންޖެހުނު ކަމަކީ، ރަށް ރަށުގައި ނެތް ޑޮކްޓަރުން ހޯދުމުގެ މަސައްކަތް ކަމަށާއި އެގޮތުން މިހާރުވެސް 35 ޑޮކްޓަރުން ގެނައުމުގެ މަސައްކަތް ކުރައްވަމުންދާކަމަށެވެ. އަދި އޭގެ ތެރެއިން ބައެއް ޑޮކްޓަރުން މިހާރުވެސް ރާއްޖެ ވަޑައިގެންފައިވާ ކަމަށް ޚަލީލް ވިދާޅުވިއެވެ.

ގުޅޭ ޓެގް:

Leave a Reply

Your email address will not be published. Required fields are marked *