އެސްޓީއޯ އިން ފިޔާގެ އަގު ހެޔޮކޮށްފިއެވެ.
ރޯދަމަހު ހެޔޮ އަގުގައި ކާބޯތަކެތީގެ ބާވަތްތައް ރައްޔިތުންނަށް ލިބޭނެ އިންތިޒާމެއް ހަމަޖެއްސުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން، އެސްޓީއޯއިން ފިޔާގެ އަގު ހެޔޮކުރިއިރު، އެސްޓީއޯ އިން ވަނީ ފިޔާ ކިލޯއެއްގެ އަގު 17 ރުފިޔާއަށް ހެޔޮކޮށްފައެވެ. އެސްޓީއޯއިން ކުރިން ފިޔާ ވިއްކަމުން ގެންދިޔައީ ފިޔާ ކިލޯއެއް 20 ރުފިޔާއަށެވެ.
މީކަމާއި ގުޅިގެން އެސްޓީއޯއިން ބުނީ، ރޯދަމަހާއި ދިމާކޮށް ފިޔާގެ އަގުހެޔޮ ކުރުއިރު، ފިޔާ ބަސްތާއެއް މިހާރު 320 ރުފިޔާއަށް ލިބޭނެ ކަމަށެވެ. އެއީ 130 ރުފިޔާގެ ހެޔޮވުމެކެވެ. މީގެ ކުރިން ފިޔާ ބަސްތާއެއް ވިއްކަމުން އައީ 450 ރުފިޔާއަށެވެ.
އެސްޓީއޯ އިން ބުނީ، 10 ބަސްތާ ފިޔާ ވިއްކާނީ ބަސްތާއެއް 310 ރުފިޔާގެ މަގުން ކަމަށާއި 20 ބަސްތާ ފިޔާ ވިއްކާނީ ބަސްތާއެއް 300 ރުފިޔާގެ މަގުން ކަމަށެވެ.
އެސްޓީއޯއިން ރާއްޖެއަށް ފިޔާ އެތެރެކުރަނީ އިންޑިއާއިންނެވެ. އިންޑިއާ އިން ފިޔާ އެކްސްޕޯޓް ކުރުން މަނާކުރުމުގެ ސަބަބުން، މިދިޔަ ޑިސެމްބަރު މަހުގެ ތެރޭގައި ރާއްޖޭގެ ބާޒާރުގައި ފިޔާގެ އަގު އުފުލުނެވެ.
ރޯދަމަހު އެންމެ ޑިމާންޑް ބޮޑުވާ ބާވަތްތަކުގެ ތެރޭގައި ފިޔާ، ބިސް އަދި އަލުވި ހިމެނެއެވެ.









