Search Streamline Icon: https://streamlinehq.com

މި ސަރުކާރަށް މަޖިލިސް ލިބިއްޖެ ނަމަ ހައްގުވެރިވެރިންގެ އަތުން ގޯތިތައް އަތުލާނެ: ޞާލިހު

20c3bd6d f7a2 46f4 9a5c c06a7dc0fe81

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު މިހާރުގެ ސަރުކާރާއި އެއްކޮޅަށް ނިމިއްޖެ ނަމަ، ހައްގުވެރިވެރިންގެ އަތުން ގޯތިތައް އަތުލާ، ބޭނުންވާ ފަރާތަކަށް ބަހާލާނެ ކަމުގެ އަލިގަދަ ސާފު ނިޝާންތައް މިހާރުވެސް ފެންނަމުންދާކަމަށް އެމްޑީޕީގެ ކުރީގެ އެޑްވައިޒަރ އަދި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ.

20 ވަނަ ރައްޔިތުންގެ މަޖިލީހުގައި އެމްޑީޕީގެ ޓިކެޓްގައި މާފަންނު-ހުޅަނގު ދާއިރާއަށް ވާދަކުރައްވާ އަހުމަދު ފަލާހުގެ ކެންޕެއިން ރަސްމީކޮށް އިފްތިތާޙް ކުރުމަށް ރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ޞާލިހު ވިދާޅުވީ، ސަރުކާރުން ބޭނުންވާހާ ގޮތަކަށް ކަންކަން ނުވެގެން އުޅެނީ ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ސަރުކާރުގެ އަތުގައި ނެތުމުން ކަމަށާއި އެކަން ކުރެވިއްޖެ ނަމަ ހައްގުވެރިވެރިންގެ އަތުން ގޯތިތައް އަތުލާ، ބޭނުންވާ ފަރާތަކަށް ބަހާލާނެ ކަމުގެ އަލިގަދަ ސާފު ނިޝާންތައް މިހާރުވެސް ފެންނަމުންދާކަމަށެވެ.

ޞާލިހު ވިދާޅުވީ މިފަހަރުގެ ރައްޔިތުންގެ މަޖިލިސް މުހިންމުވަނީ އެ ސަބަބައްޓަކައި ކަމަށާއި ރާއްޖޭގެ އެކި ކަންކޮޅުތަކުން މިފެންނަ މަންޒަރަކީ ކުރިން އެ ހެދުނު ގޯސް ރަނގަޅު ކުރަން ރައްޔިތުން ބޭނުންވެފައި ތިބި މަންޒަރުކަމަށެވެ. އަދި އިރާދަކުރެއްވިޔާ، މަޖިލީހުގެ މެޖޯރިޓީ އާއެކު ނުކުމެ، މި ސަރުކާރު ހަމަ މަގަށް އަޅުވާނެކަމަށް އޭނާ ވިދާޅުވިއެވެ.

ރައީސް ޞާލިހު ވިދާޅުވީ އެމްޑީޕީގެ ބޭނުމަކީ ރައްޔިތުންގެ އަޑު އަހައިގެން ރައްޔިތުންނާއި ވީހާވެސް ގާތުން މަސައްކަތް ކުރުން ކަމަށާއި  ވެރިކަމުގައި އޮންނަ އިރުވެސް އަދި ނޯންނައިރުވެސް އެމްޑީޕީއަށް މަޖިލީހުގެ މެޖޯރިޓީ ބޭނުންވަނީ އެ ސަބަބަށްޓަކައި ކަމަށެވެ.

Leave a Reply

Your email address will not be published. Required fields are marked *