ކުރިއަށް އޮތީ ގަދަހިފުމެއް ކަމަށާއި، ސީޒަނަށް ފިސާރިވަރުގަދައަށް ތައްޔާވަމުން އަންނަކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމުގެ އިސްވަކީލް ޑރ. މުޙައްމަދު ޖަމީލް އަޙުމަދު ވިދާޅުވެއްޖެއެވެ. 
ޑރ. ޖަމީލް މިފަދައިން ވިދާޅުވެފައިވަނީ މިއަދު އޭނާގެ ރަސްމީ ފޭސްބުކް އެކައުންޓުގައި ކުރެއްވި ޕޯސްޓެއްގައެވެ.
ޖަމީލް ކުރެއްވި އެފްބީ ޕޯސްޓުގައި ވިދާޅުވީ ކުރިއަށް އޮތީ ގަދަހިފުމެއް ކަމަށާއި، ސީޒަނަށް ފިސާރިވަރުގަދައަށް ތައްޔާވަމުން އަންނަކަމަށެވެ. އަދި މި ބުންވަރާއި ހަތައަށް ރައްޔިތުން އިތުބާރު ކުރުމަށް ޖަމީލް ވިދާޅުވެފައިވެއެވެ.
މީގެ އިތުރުން ލިބޭ ހިތްހަމަ ޖެހުމަކީ ވާދަވެރިން ތިބި އަންފިޓްކަމާއި ވަރުބަލިކަން ކަންކަމަށް ޖަމީލް ވިދާޅުވިއެވެ. އަދި ވާދަވެރިންނަށް ކުޑަވާއިނގިލިއްޔަށް ފިއްތާލެވޭ ވަރަށް ވެސް ހަކަތަ ނެތް ކަމަށް އޭނާ ވިދާޅުވިއެވެ.
”ކުރިއަށް އޮތީ ގަދަހިފުމެއް! ސީޒަނަށް ފިސާރިވަރުގަދައަށް ތައްޔާވަމުން މިދަނީ. މި ބުންވަރާއި ހަތައަށް ރައްޔިތުން އިތުބާރު ކުރޭ. ލިބޭ ހިތްހަމަ ޖެހުމަކީ ވާދަވެރިން ތިބި އަންފިޓްކަމާއި ވަރުބަލިކަން. ދަތްދޮޅި ކީއްކުރަން، ކުޑަވާއިނގިލިއްޔަކަށް ފިއްތާލެވޭ ވަރަށްވެސް ހަކަތަނެތް. “ ޑަރ. ޖަމީލް ކުރެއްވި ޕޯސްޓުގައި ވިދާޅުވެފައިވެއެވެ.









