ރާއްޖޭގައި އިންޑިއާގެ ސިފައިން އޮޕަރޭޓު ކުރަމުން ދިޔަ، ހެލިކޮޕްޓަރުގެ ތެރެއިން އައްޑޫގެ ޑޯނިއާ ބެލެހެއްޓި ސިފައިން ރާއްޖެ ދޫކޮށް ފުރައިފިއެވެ.
މީޑިއާތަކަށް މއުލޫމާތު ދެމުން އެމްއެންޑީއެފުން ވިދާޅުވީ އައްޑޫގައި ތިބި ހުރިހާ ސިފައިން މިހާރު ފުރާފައިވާ ކަމަށާއި ނަމަވެސް ސިފައިންގެ ސީދާ އަދަދު ދަންނަވަން ނޭނގޭކަމަށެވެ.
ރާއްޖޭގައި ތިބި އިންޑިއާގެ ސިފައިން ރާއްޖެއިން ފޮނުވާލުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދެކެވެ. އެ ވައުދުފުޅާއި އެއްގޮތަށް އެމަނިކުފާނުގެ ވެރިކަމުގެ ފުރަތަަމަ ދުވަހު ވަނީ ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ގެންގޮސް ދިނުމަށް އިންޑިއާ ސަރުކާރުގައި ރަސްމީކޮށް އެދިވަޑައިގެންފައެވެ.
ދިވެހި ސަރުކާރުން އެދިފައިވަނީ މާޗް މަހުގެ 17 ވަނަ ދުވަހުގެ ކުރީން ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ގެންގޮސް ނިންމުމަށެވެ.









