Search Streamline Icon: https://streamlinehq.com

ދަނޑުވެރިންނަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި 15 މިލިޔަން ރުފިޔާގެ ސްކީމެއް ކުރިޔަށް ގެންދަނީ

430854053 369050722621076 5778659203903007434 n 850x548

ދަނޑުވެރިންނަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި 15 މިލިޔަން ރުފިޔާގެ ސްކީމެއް ކުރިޔަށް ގެންދަން ސަރުކާރުން ނިންމައިފިއެވެ.

މި ސްކީމް ކުރިޔަށް ގެންދިޔުމަށްޓަކައި އެގްރިކަލްޗާ މިނިސްޓްރީ އާއި ފިނޭންސް މިނިސްޓްރީގެ އިތުރުން އެސްޑީއެފްސީން މިއަދު  ސޮއިކޮށްފައިވާއިރު، މި ސްކީމް ކުރިއަށް ގެންދާނީ އެގްރިކަލްޗަ މިނިސްޓްރީ އާއި އިންޓަނޭޝަނަލް ފަންޑް ފޮ އެގްރިކަލްޗަރަލް ޑިވެލޮޕްމަންޓް (އިފާޑް) ގުޅިގެން ހިންގަމުން އަންނަ ”މޯލްޑިވްސް އެގްރިބިޒްނަސް ޕްރޮގްރާމް (މެފް) ގެ ދަށުންނެވެ.

މި ސްކީމް ހާއްސަކޮށްފައި ވަނީ މެޕްގެ ހަރަކާތްތައް ކުރިއަށް ގެންދާ ހއ، ހދ އަދި ށ އަތޮޅުގެ 26 ރަށުގެ ދަނޑުވެރިންނާއި ދަނޑުވެރިކަމުގައި ހަރަކާތްތެރިވާ ކުދި ވިޔަފާރިއާއި މެދު ފަންތީގެ ވިޔަފާރިވެރިންނަށް ކަމަށް އެގްރިކަލްޗާ މިނިސްޓްރީން ހާމަކުރެއެވެ.

މިގޮތުން އެއްބަސްވުމުގެ ދަށުން ދަނޑުވެރިންނަށް 15،188،700ރ. ގެ މެޗިން ގްރާންޓް ސްކީމެއް ކުރިއަށް ގެންދާނެ ކަމަށް އެ މިނިސްޓްރީން ހާމަކުރެއެވެ.

އެގްރިކަލްޗާ މިނިސްޓްރީން ބުނީ ގްރީން ހައުސްތަކުގައި ހައިޑްރޮފޯނިކްސް ސިސްޓަމް ޤާއިމްކޮށްގެން ދަނޑުވެރިކަންކުރަން ބޭނުންވާ ދަނޑުވެރިންނަށް ޚާއްސަކޮށްގެން ކުރިއަށްގެންދާ މި ގްރާންޓަށް އެދި ހުށަހެޅުމަށް ފަހުން އިއުލާން ކުރައްވާނެ ކަމަށެވެ.

ފިނޭންސް މިނިސްޓްރީގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ، ސްޓޭޓު މިނިސްޓަރު ޙުސައިން ޝާމް އާދަމެވެ. އެގްރިކަލްޗަ މިނިސްޓްރީން ސޮއިކުރެއްވީ ސްޓޭޓު މިނިސްޓަރު މަރިޔަމް ވިޝާމާ އަޙްމަދެވެ. އެސްޑީއެފްސީން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު އައިޝަތު ފިފްޝީން އަލީއެވެ.

ގުޅޭ ޓެގް:

Leave a Reply

Your email address will not be published. Required fields are marked *