Search Streamline Icon: https://streamlinehq.com

ޑރ. މުއިއްޒު ސަޖިދާގަ އޮންނަވާތަނާއި ނަމާދު ކުރައްވާތަން ޕްރޮމޯޓް ކޮށް ސިޔާސީ ފައިދާނަގާނަމަ އެ ގޯސް: ޑރ. ޖަމީލް

2Z2A0179 1675342230490 dtuw8n

ރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ސަޖިދާގަ އޮންނަވާތަނާއި ނަމާދު ކުރައްވާތަން ޕްރޮމޯޓް ކޮށް އެކަމުން ސިޔާސީ ފައިދާ ނަގާނަމަ އެއީ ވަރަށް ގޯސް އަމަލެއްކަމަށް ކުރީގެ ނައިބު ރައީސް، ޑރ، މުޙައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެއެވެ.

ރައީސް ޑރ. މުއިއްޒު ނަމާދުކުރައްވާ މަންޒަރު ދައްކުވައިދޭ ފޮޓޯއެއް ޓެގް ކުރައްވާ އެކްސްގައި ކުރައްވާފައިވާ ޕޯސްޓެއްގައި ޖަމީލް ވިދާޅުވީ ޑރ. މުޙައްމަދު މުއިއްޒު ސަޖިދާގަ އޮންނަވާތަނާއި ނަމާދު ކުރައްވާތަން ޕްރޮމޯޓް ކޮށް އެކަމުން ސިޔާސީ ފައިދާނެގުން ޚުދު އެމަނިކުފާނު ބޭނުންފުޅުވާނެ ކަމާމެދުވެސް ސުވާލު އުފެދޭކަމަށާއި އެކަމަކު އެއީ ބޭނުންފުޅުވެގެން ކުރައްވާ ކަމެއްނަމަ އެއީ ވ. ގޯސްކަމެއްކަމަށެވެ.

ކީރިތި ޤުރުއާނުގެ، އަލް އަންފާލު ސޫރަތުގެ 47 ވަނަ އާޔަތުގެ މާނަ ވިދާޅުވުމަށް ފަހު ޖަމީލް ވިދާޅުވެފައިވަނީ ޙަދީޘްފުޅުގައި ތަފްސީލުވެފައިވާ ގޮތުން ޙިސާބު ބެއްލެވޭ ދުވަހު އެތައްބައެއްގެ އަމަލު ދެއްކުންތެރިކަމުގެ ތެރެއިން ބޭކާރުވެދާކަމަށާއި އެއިގެ ތެރޭގައި ގުރުއާން ކިޔަވާ މީހުންނާ އުގަންނާދޭ މީހުންވެސް ހިމެނޭކަމަށެވެ.

”ބޮޑާވެ، މީސްތަކުންނަށް ކަންދެއްކުމުގެ ގޮތުން، އަދި اللَّه ގެ މަގުން މީސްތަކުން ދުރުކުރާ حال، އެއުރެންގެ ގެދޮރުން ނުކުމެގެންދިޔަ މީހުން ފަދައިން ތިޔަބައިމީހުން ނުވާށެވެ! اللَّه އީ، އެއުރެންކުރާ عمل ތައް ފުރިހަމަޔަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ.( އަލް އަންފާލު:47) އިސްލާމް ދީނުގައި ކަންދެއްކުމަކީ މަނާކަމެކެވެ.

ޙަދީޘްފުޅުގައި ތަފްސީލުވެފައިވާ ގޮތުން ޙިސާބު ބެއްލެވޭ ދުވަހު އެތައްބައެއްގެ އަމަލު ދެއްކުންތެރިކަމުގެ ތެރެއިން ބޭކާރުވެދެއެވެ. އެއިގެ ތެރޭގައި ގުރުއާން ކިޔަވާ މީހުންނާ އުގަންނާދޭ މީހުންވެސް ހިމެނެއެވެ.

ޑރ. މުއިއްޒު ސަޖިދާގަ އޮންނަވާތަނާއި ނަމާދު ކުރައްވާތަން ޕްރޮމޯޓް ކޮށް ސިޔާސީ ފައިދާނެގުން ޚުދު އެމަނިކުފާނު ބޭނުންފުޅުވާނެ ކަމާމެދުވެސް ސުވާލު އުފެދޭ. އެކަމަކު އެއީ ބޭނުންފުޅުވެގެން ކުރައްވާ ކަމެއްނަމަ އެއީ ވ. ގޯސްކަމެއް.“ ޑރ. ޖަމީލް ކުރެއްވި ޕޯސްޓުގައި ވިދާޅުވެފައިވެއެވެ.

ގުޅޭ ޓެގް:

Leave a Reply

Your email address will not be published. Required fields are marked *