Search Streamline Icon: https://streamlinehq.com

ރާއްޖޭގެ ހުރިހާ އަތޮޅު ހޮސްޕިޓަލެއްގައި ޑައިލިސިސްގެ ހިދުމަތް ފަށަން ނިންމައިފި

Big cLT1tw60jB1nVcVsJE2KSUFvU

ރާއްޖޭގެ ހުރިހާ އަތޮޅު ހޮސްޕިޓަލެއްގައި މި އަހަރު ޑައިލިސިސްގެ ހިދުމަތް ފަށަން ނިންމާފައިވާކަމަށް ހެލްތު މިނިސްޓަރު ޑރ. އަބްދުﷲ ހަލީލް މިއަދު ވިދާޅުވެއްޖެއެވެ.

ހެލްތު މިނިސްޓަރު ޑރ. އަބްދުﷲ ހަލީލް މިފަދައިން ވިދާޚުވެފައިވަނީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި، ހޯރަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމް ކުރެއްވި ސުވާލަކަށް ސުވާލަށް ޖަވާބު ދެއްވަމުންނެވެ.

ސަލީމުގެ ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލް ވިދާޅުވީ ރާއްޖޭގެ ހުރިހާ އަތޮޅު ހޮސްޕިޓަލެއްގައި މި އަހަރު ޑައިލިސިސްގެ ހިދުމަތް ފަށަން ނިންމާފައިވާކަމަށާއި އަދި ސަރުކާރުގެ މައި ހޮސްޕިޓަލަށް އޮތް ޑިމާންޑު ކުޑަ ކުރުމަށް އެކި މަސައްކަތްތައް ކުރަމުން އަންނަ ކަމަށެވެ.

އޭގެ ތެރެއިން، އަތޮޅު އަދި ރީޖަނަލް ހޮސްޕިޓަލްތަކުގެ ފެންވަރު ރަނގަޅުކޮށް، އާ ހިދުމަތްތައް ފެށުމަކީ އެއް ކަންތައް ކަމަށާއި ރީޖަނަލް ހޮސްޕިޓަލްތަކުގައި މީގެ ކުރިން ނުލިބޭ އެމްއާރުއައި، ސީޓީ ސްކޭން އަދި ޑައިލިސިސް ހިދުމަތް ހުރިހާ އަތޮޅަކަށް ފުޅާކުރާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

”އަޅުގަނޑުމެން މި ބަލަނީ މި އަހަރުގެ ތެރޭގައި ހުރިހާ އަތޮޅު ހޮސްޕިޓަލެއްގައި ޑައިލިސިސްގެ ހިދުމަތް ފެށިގެން ދާނެ ކަމަށް. ހަމައެއާއެކު، އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލާއި ތިނަދޫގައި ހުރި ރީޖަނަލް ހޮސްޕިޓަލާއި ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް، ރ. އުނގޫފާރު ރީޖަނަލް ހޮސްޕިޓަލް، މި ތަންތަނުގައި ހިދުމަތް ރަނގަޅުކުރުމަށްޓަކައި ހާއްސަ ޕްލޭނެއްގެ ދަށުން މަސައްކަތްތައް ކުރިއަށް އެބަ ގެންދަން.“ އޭނާ ވިދާޅުވި އެވެ.

އެ ކަންތައްތަކާއެކު، ފަރުވާއަށް ރަށްރަށުން އައިޖީއެމްއެޗަށް އަންނަ މީހުންގެ އަދަދު މަދު ކުރެވޭނެ ކަން އޭނާ ފާހަގަކުރެއްވި އެވެ.

މާލެ ސަރަހައްދުން އައިޖީއެމްއެޗާއި ހުޅުމާލެ އަދި ވިލިމާލެ ހޮސްޕިޓަލުގައި ޑައިލިސިސް ހެދެ އެވެ. އޭގެ އިތުރުން ރީޖަނަލް ގިނަ ހޮސްޕިޓަލްތަކާއި ފުވައްމުލަކު އަދި އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލުން އެ ފަރުވާ ލިބެ އެވެ. ބ. އޭދަފުށީގައި ހުންނަ އަތޮޅު ހޮސްޕިޓަލު އަދި ޅ. ނައިފަރުގައި ހުންނަ އަތޮޅު ހޮސްޕިޓަލުން މީގެ ދޮޅު އަހަރުކުރިން ވަނީ ޑައިލިސިސްގެ ހިދުމަތް ފަށައިފަ އެވެ.

ގުޅޭ ޓެގް:

Leave a Reply

Your email address will not be published. Required fields are marked *