Search Streamline Icon: https://streamlinehq.com

އިންނަމާދޫގައި ބެޓެރީ އެނާޖީ ސްޓޯރޭޖް ސިސްޓަމް ބަހައްޓަނީ

G8HCxbXbYAASD0

ރ. އިންނަމާދޫގައި މިހާރު ދަނީ ބެޓެރީ އެނަރޖީ ސްޓޯރޭޖް ސިސްޓަމް ބަހައްޓުމުގެ މަސައްކަތް ކުރިއަށް. މި ސިސްޓަމް ޢަމަލީކޮށް ބޭނުންކުރަން ފެށުމުން، އެ ރަށުގެ ހަކަތަ ލިބިގަންނަ ގޮތްތަކަށް މުހިންމު ބަދަލުތަކެއް އަންނާނެ ކަމަށް ވަނީ ބެލެވިފައެވެ. މި މަސައްކަތަކީ ރާއްޖޭގެ ތިމާވެއްޓަށް އިސްކަންދީ، އާދެވިދާނެ ހަކަތައިގެ ބޭނުން އިތުރުކުރުމަށް ކުރެވެމުންދާ މަސައްކަތްތަކުގެ ތެރެއިން މުހިންމު ފިޔަވަޅެކެވެ.

މި ސިސްޓަމް ބަހައްޓައި ޢަމަލީކޮށް ބޭނުންކުރަން ފެށުމުން، އަހަރަކު 164,672 ލީޓަރުގެ ޑީޒަލް ސަލާމަތް ކުރެވޭނެ ކަމަށް ލަފާކުރެވެއެވެ. މީގެ އިތުރުން، ކާބަން ޑައިއޮކްސައިޑް ބޭރުކުރާ މިންވަރު އަހަރަކު 403 ޓަނަށް ކުޑަކުރެވޭނެއެވެ. މިއީ ތިމާވެއްޓަށް ވަރަށް ބޮޑު ހެޔޮ ބަދަލެއް ގެނެސްދޭނެ ކަމެއް ކަމަށް ދެކެވެއެވެ.

މި މަސައްކަތަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ތަސައްވުރަށް އެއްބާރުލުންދޭ މުހިންމު މަޝްރޫޢެކެވެ. ރައީސްގެ ތަސައްވުރުގައި 2028 ވަނަ އަހަރާ ހަމައަށް ޤައުމީ ކަރަންޓުގެ ބޭނުންވާ މިންވަރުގެ 33 އިންސައްތަ އާދެވިދާނެ ހަކަތައިން ފުއްދުމަށް އަމާޒުކޮށްފައިވެއެވެ. ރ. އިންނަމާދޫގައި ބެހެއްޓޭ މި ސިސްޓަމަކީ މި އަމާޒަށް ވާސިލުވުމަށް އެޅޭ ވަރަށް މުހިންމު ފިޔަވަޅެކެވެ.

މި މަޝްރޫޢުގެ ސަބަބުން ރ. އިންނަމާދޫގެ ރައްޔިތުންނަށް ދެމެހެއްޓެނިވި އަދި ތިމާވެއްޓާ ރަޙްމަތްތެރި ގޮތަކަށް ހަކަތަ ލިބިގެންދާނެއެވެ. އަދި، ރާއްޖޭގެ ހަކަތައިގެ ބޮޑު ބައެއް ޑީޒަލުން އުފައްދަމުންދާ ދަނޑިވަޅެއްގައި، މިފަދަ މަޝްރޫޢުތަކަކީ ހަކަތައިގެ ގޮތުން މިނިވަންވުމަށް އެޅޭ މުހިންމު ފިޔަވަޅުތަކެކެވެ.

Leave a Reply

Your email address will not be published. Required fields are marked *