Search Streamline Icon: https://streamlinehq.com

މިސަރުކާރުގެ ފުރަތަމަ ތިން މަސްދުވަސް ނިމިގެންދިޔައިރުވެސް ރައްޔިތުން ބޭނުންވާ މިސްރާބަށް ކަންކަން ނުދޭ: ޞާލިޙް

20c3bd6d f7a2 46f4 9a5c c06a7dc0fe81

މިހާރު މިއޮތް ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ މިސަރުކާރުގެ ފުރަތަމަ ތިން މަސްދުވަސް ނިމިގެންދިޔައިރުވެސް ރައްޔިތުން ބޭނުންވާ މިސްރާބަށް ކަންކަން ނުދާ ކަމަށް ކުރީގެ ރައީސް އަދި އެމްޑީޕީގެ އެޑްވައިޒަރ އިބްރާހިމް މުހައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ.

ރައީސް ޞާލިހު މިފަދައިން ވިދާޅުވީ 20 ވަނަ ރައްޔިތުންގެ މަޖިލީހުގައި އެމްޑީޕީގެ ޓިކެޓްގައި ނިލަންދޫ ދާއިރާއަށް ވާދަކުރައްވާ ކެންޑިޑޭޓް، ޢަލީ ރިޒާގެ ކެންޕެއިން ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.

މި. ޖަލްސާގައި ވާހަކަދައްކަވަމުން ރައީސް ޞާލިހު ވިދާޅުވީ، މިސަރުކާރުގެ ފުރަތަމަ ތިން މަސްދުވަސް ނިމިގެންދިޔައިރުވެސް ރައްޔިތުން ބޭނުންވާ މިސްރާބަށް ކަންކަން ނުދާ ކަމަށާއި
ނިމިދިޔަ ސަރުކާރުން ކުރަން ފަށްޓާފައިހުރި ހުރިހާ މަސައްކަތްތަކެއް ވެސް ގާތްގަނޑަކަށް އެއްކޮށް ކަހަލަ ގޮތަކަށް ހުއްޓާލައިފައިވާކަމަށެވެ.

ޞާލިހު ވިދާޅުވީ މަސައްކަތްތައް ހުއްޓާލުމުގެ ބަހަނާއެއްގެ ގޮތުގައި މި ސަރުކާރުން ބުނަމުން ދަނީ ކުންފުނިތަކުގައި ފައިސާ ނެތް ވާހަކަކަމަށެވެ.

އޭނާ ވިދާޅުވީ ފައިސާ ނެތް ކަމަށް މި ސަރުކާރުން ބުނަމުން ދިޔަ ނަމަވެސް ފެންނަމުންދަނީ ދުވަހުން ދުވަހަށް ސިޔާސީ މަގާމުތައް އިތުރުކުރަމުންދާ މަންޒަރު ކަމަށެވެ. އަދި ސަރުކާރުން އަމާޒު ހިފާފައި ވަނީ 1500 ސިޔާސީ މަގާމް އުފެއްދުމަށް ކަމަށްވެސް ޞާލިހު ވިދާޅުވިއެވެ.

މިހާރު މިއޮތް ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުން ޞާލިހު ވިދާޅުވީ ދައުލަތުގެ ބަޖެޓުގައި ފައިސާ ނެތީ ސިޔާސީ މަގާމްތަކަށް ކުރަމުންދާ ޚަރަދުތަކުގެ ސަބަބުންކަމަށެވެ.

ގުޅޭ ޓެގް:

Leave a Reply

Your email address will not be published. Required fields are marked *