Search Streamline Icon: https://streamlinehq.com

ބިރުވެރިކަން އިންތިހާއަށް ކުރިމަތިވަމުން މިދަނީ. ސިޔާސީ ހަރަކާތެއް ހިންގޭކަށް މިހާރު ނެތް: ރައީސް ޞާލިހު

20c3bd6d f7a2 46f4 9a5c c06a7dc0fe81

މިހާރު މިއޮތް ސަރުކާރުގައި ބިރުވެރިކަން އިންތިހާއަށް ކުރިމަތިވަމުން ދާކަމަށާއި ސިޔާސީ ހަރަކާތެއް ހިންގޭކަށް ނެތްކަމަށާއި އަދި ސިޔާސީ ލީޑަރުން ހިފާ ހައްޔަރުކުރަން ތައްޔާރުވަމުން އަންނަކަމަށް ކުރީގެ ރައީސް އިބުރާހީމް މުޙައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ.

އެމްޑީޕީން ކުރިއަށް އޮތް މަޖިލިސް އިންތިހާބަށް ކުރަމުންދާ ކެމްޕޭންގެ ތެރެއިން ރޭގައި  ލޮނުޒިޔާރަތްކޮޅުގައި ބޭއްވި ހަރަކާތެއްގައި ވާހަކަފުޅު ދައްކަވަމުން ޞާލިހު ވިދާޅުވީ، ފެންނަމުންދަނީ ބިރުވެރި މަންޒަރުތަކެއް ކަމަށާއި ސިޔާސީ ހަރަކާތެއް ހިންގޭކަށް ނެތްކަމަށާއި އަދި ސިޔާސީ ލީޑަރުން ހިފާ ހައްޔަރުކުރަން ތައްޔާރުވަމުން އަންނަކަމަށެވެ.

އަދި މި ސަރުކާރުން މިގައުމު މީގެ 20 އަހަރު ފަހަތަށް ގެންދަން އުޅޭ ތަން ފެންނަމުން އަންނަ ކަމަށާއި، ހުދުމުހުތާރު ވެރިކަމެއްގެ ސިފަ ބަރާބަރަށް ހަމަވަމުންދާއިރު، ވަޒީފާގެ ބިރު އިންތިހާ އަށް ކުރިމަތިކުރަމުންދާ ކަމަށް ރައީސް ޞާލިހު ވިދާޅުވިއެވެ.

ޞާލިހު އިތުރަށް ވިދާޅުވީ ސިޔާސީ ލީޑަރުން ހައްޔަރު ކުރާ ހިސާބުން މިކަން ނުނިމޭނެ ކަމަށާއި، ފަނޑިޔާރުންނާއި ޕޮލިސް ކޮމިޝަނަރުން ހައްޔަރުކޮށް މިނިވަން މުއައްސަސާތައް ވެސް މުށުތެރެއަށް ލާނެ ކަމަށެވެ. އަދި މީގެ 10 އަހަރު ކުރިން ރާއްޖެ އޮތް ހާލަތުގެ އިހުސާސު މިހާރު ކުރެވެން ފަށައިފި ކަމަށާއި, ރާއްޖޭގެ ކަންކަން ދޫކޮށްލައިގެން ތިބެއްޖެނަމަ އަނެއްކާ ވެސް އެ ބިރުވެރިކަމާ ނާމާންކަމުގެ ތެރެއަށް ގައުމު ދާނެ ކަމަށް ޞާލިޙު ވިދާޅުވިއެވެ.

ގުޅޭ ޓެގް:

2 ކޮމެންޓް

  1. އިބޫޗޯރު ވެރިކަމުގަ ކަން ކުރިގޮތުގެ ވާހަކަ އެދައްކަނީ އަމިއްލަޔަށް ެ ޗޯރު އިބުރޭއަށް ހީވަނީ ތިމަންނަކަންކުރިގޮތަށް ރައީސް ޑރ މުއިއްޒުވެސް ކަން ކޮށްފާނޭ

  2. އެމްޑީޕީއިން ފަސްއަހަރުން ލޫޓުވައިލީ ދިވެހި ދައުލަތުގެމާލިއްޔާ ވިއްކާލީ ކަނޑާ މުޅި ގައުމު. ދިވެހި ގައުމުގެ ހަލާކު އެމްޑީޕީ އަކީ ވޯޓް ނުދޭތި

Leave a Reply to އަހުމަދު ގައުމީލޭ Cancel reply

Your email address will not be published. Required fields are marked *