ބަރަކާތްތެރި ފިޠުރު ޢީދުގެ އުފަލުގައި ބާސް ކެންޕޭން ޓީމާއި ޒުވާނުން ގުޅިގެން ޢީދު ދުވަހު 1111 ޖޫސްޕެޓީ ބަހައިފި އެވެ. 
ނައިފަރު ދާއިރާގެ ޒުވާނުންނާއި ރައްޔިތުން ތިބީ ޖޫސްޕެޓީ އާއި ލޮލީ ބަހައިގެންވެސް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުގެ ފުރިހަމަ ތާޢީދާއި ރުހުމާއި އެއްބާރުލުމާއިއެކު ވިހި ވަނަ ރައްޔިތުންގެ މަޖިލިސް އިންތިޚާބުގައި ޕީއެންސީ ޓިކެޓުގައި ނައިފަރު ދާއިރާއަށް ވާދަކުރައްވާ ކެންޑިޑޭޓު ނަމްބަރު 1 ހައްސާނު އަލިފުޅު(ބާސް)އަށް މި އިންތިޚަބު ކާމިޔާބު ކޮށްދިނުމަސް ފިސާރި ޖޯޝާއި ފޯރިއާއި އެކުގައެވެ.
ބާސްގެ ކެމްޕެއިްނ ޓީމުން ބުނަނީ ”މިއީ ނޫންތޯ ތިޔަ ރައްޔިތުން މަޖިލީހަށް ތިޔަ ހޯދާ ރައްޔިތު މީހާގެ ކޮލިޓީ އަކީ. އެއްޗެއްގެ ނަމަ ކޮލިޓީ އެއް ވެސް ހުންނަން ޖެހޭނެ. ދެއްތޯ!“

ނައިފަރު ދާއިރާގެ ރައްޔިތުން މިފަހަރު ތިބީ އެންމެން އެކުގައި މިފަހަރު އެކަކަށް ވޯޓުލައިގެން ބާސް އިންތިޚާބު ކުރަން ތައްޔާރަށެވެ. ނައިފަރު ދާއިރާ ރައްޔިތުން ދެކޭ ގޮތުގައި ބާސް އަކީ ނައިފަރު ދާއިރާ ރައްޔިތުންގެ ރައްޔިތެކެވެ. ބާސް ބަދަލެއް ނުވާނެއެވެ. އަދި ދުހަވަކުވެސް ދެގޮތެއް ނުވާނެއެވެ.

ބާސް އަކީ ހުރިހައި ފަރުދުންގެ ރައްޔިތެކެވެ. ވަކި ޢުމުރަކަށް ވަކި ކުލައަކަށް އަދި ވަކި ފިކުރަކަށް ބެލުމެއްނެތި އެކުވެރިކަމާއި އެހީތެރިކަމާއި އޯގާވެރިކަމާއި ހިތްތިރިކަމުގެ ލާމަސީލު ދެވަނައެއް ނުވާ ބާސް އަކީ ނައިފަރު ދާއިރާ ރައްޔިތުން ފަޚުރުވެރިވާ ފަދަ ހިތްހެޔޮ އިންސާނެކެވެ. 
ނައިފަރު ދާއިރާ ރައްޔިތުން ޤަބޫލުކުރާ ގޮތުގައި ބާސްއަކީ އެންމެންގެ ކެންޑިޑޭޓެވެ. ދާއިރާ ރައްޔިތުން ގުޅިގެން ނައިފަރު ތަރައްގީ ކުރުމަށްޓަކައި ކެންޑިޑޭޓު ނަމްބަރު 1 އެކަކަށް ވޯޓު ލުމަށް މުޅި ނައިފަރުދާއިރާ ވަނީ ތައްޔާރުވެފައެވެ.











1 ކޮމެންޓް
ހުސްް ދޮގު