Search Streamline Icon: https://streamlinehq.com

އަޅުގަނޑުމެން އާދައިގެ އާއިލާއަކުން ރަށަކުން އައީމާ އެ ކަމަށް ކިތަންމެ ވަރަކަށް ފާޑުކިއަސް އެއްވެސް އެއްޗެއް ހިތަކަށް ނާރާނެ. ދާނީ ބާރަށް ކުރިއަށް: ފައިސަލް

Big wEcbGGD3UIHgpmMrSgY5vy8J8

އާދައިގެ އާއިލާއަކުން ރަށަކުން އައީމާ އެ ކަމަށް ކިތަންމެ ވަރަކަށް ފާޑުކިޔަސް އެއްވެސް އެއްޗެއް ހިތަކަށް ނާރާނެކަމަށާއި މަސައްކަތުން ނަތީޖާ ނެރެ، ކުރަން ބޭނުންވާ ކަންކަން ހާސިލް ކުރައްވާނޭ ކަމަށް ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލް ވިދާޅުވެއްޖެއެެވެ.

ވިހިވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ލ. އަތޮޅުން ސަރުކާރަށް ލިބުނު ކާމީޔާބީ ފާހަގަކުރުމަށް ހުކުރު ދުވަހު ހަވީރު ފޮނަދޫގައި ބޭއްވި ސައިކަލް ބުރަށް ފަހު ރައްޔިތުންނާއި ވާހަކަދައްކަވަމުން ފައިސަލް ވިދާޅުވީ، އާދައިގެ އާއިލާއަކުން ރަށަކުން އައީމާ އެ ކަމަށް ކިތަންމެ ވަރަކަށް ފާޑުކިޔަސް އެއްވެސް އެއްޗެއް ހިތަށް ނާރާނެކަމަށާއި މަސައްކަތުން ނަތީޖާ ނެރެ، ކުރަން ބޭނުންވާ ކަންކަން ހާސިލް ކުރައްވާނޭ ކަމަށެވެ.

“ އަޅުގަނޑުމެން އާދައިގެ އާއިލާއަކުން ރަށަކުން އައީމާ އެ ކަމަށް ފާޑުކިޔާނެ ކަމެއް ނެތް. އެއްވެސް އެއްޗެއް ހިތަކަށް ނާރާނެ. މަސައްކަތުން އަޅުގަނޑު އިރާދަކުރެއްވިއްޔާ ނަތީޖާ ނެރެދޭނީ. މިކަން އިރާދަކުރެއްވިއްޔާ އަޅުގަނޑު ހާސިލް ކުރާނަން،“ ފައިސަލް ވިދާޅުވިއެވެ.

ފައިސަލް ދެއްވި ޔަގީން ކަމަކީ ގަން-ފޮނަދޫ ސިޓީއަކަށް ބަދަލުކުރުމަށްޓަކައި ގާއިމްކުރަންޖެހޭ ހުރިހާ ވަސީލަތެއް މި ސަރުކާރުން ގާއިމް ކުރާނެ ކަމެވެ. އޭގެ ތެރޭގައި ސިއްހީ ހިދުމަތާއި ބޯހިޔާވަހިކަމާއި މަގު ހެދުން ފަދަ ކަންކަން އޭނާ ފާހަގަކުރެއްވި އެވެ.

ފައިސަލް ވިދާޅުވި ގޮތުގައި އޭނާ ދެކެވަޑައިގަންނަވަން ބޭނުންވަނީ ގަން-ފޮނަދޫ ސިޓީއަކަށް ބަދަލުކުރާ ދުވަސް ކަމަށާއި އިރާދަކުރެއްވިއްޔާ ދެން އަންނަ ލޯކަލް ކައުންސިލް އިންތިހާބުގައި ބޭއްވޭނީ މޭޔަރުކަމުގެ އިންތިހާބުކަމަށެވެ. އަދި ސިޓީގެ ދަރަޖަ އަށް ގަން ފޮނަދޫ ބަދަލުކުރެވި، އެތަނުގައި ދެން އިންތިހާބު ކުރާނީ ގަން-ފޮނަދޫ ސިޓީގެ މޭޔަރު އަދި ގަން-ފޮނަދޫ ސިޓީގެ އާންމު މެމްބަރުންކަމަށް އޭނާ ވިދާޅުވި އެވެ.

ފައިސަލް ވިދާޅުވީ ރައީސް މުއިއްޒުގެ ސަރުކާރު ދަމަހައްޓައި ނެގެހެއްޓުމަށްޓަކައި ފޮނަދު އަށް ވުރެ ބޮޑަށް ވަކިން މަސައްކަތް ކުރަންޖެހޭ އެހެން އެއްވެސް ރަށެއް ދިވެހިރާއްޖޭގައި އޮތް ކަމަކަށް ގަބޫލު ނުކުރައްވާ ކަމަށެވެ.

 

ގުޅޭ ޓެގް:

3 ކޮމެންޓް

  1. ކަލޯ އާދައިގެވވީމައެއް ނޫން
    ބަފާގެ ސަބަބުން
    އެކަމަކު ވަޒީރުކަން ގަބޫލުކުރަން ލަދުގަންނަން ޖެހޭނެ
    ރާއްޖެ ބޭޒާރުނުކުރޭ ބޭރުދުނިޔެަށް
    ކަލޭގެ ނެތް ފެންވަރެއް

  2. އެއްވެސްބަޔަކުފާޑެއްނުކިޔާކިޔާއެއްޗަކީ ތިޔަހުންނެވިމަގާމާއިއެކަޝީގެވާވަރުގެތައުލީމެއްނެތޭ މިރާއްޖޭގައެބަތިއްބޭތިމަގާމައްކުފޫހަމަވާގާބިލުބޭބޭފުޅުން މީމިކިޔާއެއްޗަކީ

Leave a Reply to އަލީ Cancel reply

Your email address will not be published. Required fields are marked *