Search Streamline Icon: https://streamlinehq.com

65 އަހަރުން މަތީގެ މީހުންނަށް ދާއިމީ އައިޑީކާޑެއް ދެނީ

ID card DNS

އުމުރުން 65 އަހަރުން މަތީގެ މީހުންގެ އައިޑީކާޑު މުއްދަތު ހަމަނުވާނެ ގޮތަށް ބަދަލުކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ޑިޕާޓްމެންޓް އޮފް ނެޝަނަލް ރެޖިސްޓްރޭޝަން އިން މިއަދު ބުނެފި އެވެ.

އައިޑީކާޑާއި ޕާސްޕޯޓުގެ މުއްދަތު ހަމަވާ ތާރީހަށް ބަދަލު ގެނައުމަށް ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބްދުﷲ ހުށަހެޅި ގަރާރާއި ގުޅިގެން މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ތަރައްގީއާ ތަރިކައިގެ ކޮމެޓީއަށް ޑިޕާޓްމެންޓު އޮފް ނެޝަނަލް ރަޖިސްޓްރޭޝަން އާއި އިމިގްރޭޝަން ހާޒިރު ކޮށްފައިވެއެވެ.

މިއަދުގެ ކޮމެޓީ ޑީއެންއާރުގެ ފަރާތުން ލޯކަލް ގަވަމެންޓު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޔޫސުފް އަބްދުލް ޣަފޫރު ވިދާޅުވީ، އުމުރުން 65 އަހަރުން މަތީގެ މީހުންގެ އައިޑީކާޑު އާ ކުރަން ޖެހުމަކީ ގިނަ ފަހަރަށް އެ މީހުންނަށް އެތައް ތަކުލީފަކާއި ކުރިމަތިލާން ޖެހޭ ކަމެއް ކަމަށެވެ. އަދި އެކަމާއި ގުޅިގެން އަބަދުވެސް ޝަކުވާތައް ލިބެމުންދާ ކަމަށެވެ. އަދި 10 އަހަރާއި 40 އަހަރާ ދެމެދުގެ މީހުންގެ ކާޑުގެ މުއްދަަތަކީ ފަސް އަހަރު ކަމަށާއި އޭގެ މަތީގެ މީހުންގެ މުއްދަތަކީ 10 އަހަރުގެ ކަމަށް ޣަފޫރު ވިދާޅުވިއެވެ.

“ އުމުރުން 65 އަހަރުން މަތީގެ ބޭފުޅުންގެ އައިޑީކާޑު މުއްދަތު ހަމަނުވާ ގޮތަށް ބަދަލު ގެނައުމުގެ ކަރުދާސް މިހާރު ކެބިނެޓަށް ހުށަހަޅާފައި ވާނީ. ކެބިނެޓުން ފާސްކުރިހާ އަވަަހަކަށް އެ ނިންމުމަށް އަމަލުކުރަން ފެށޭނެ“ ޔޫސުފް ވިދާޅުވި އެވެ.

ގުޅޭ ޓެގް:

1 ކޮމެންޓް

  1. ކޮއްމެއެއްޗެއްގާވެސްދެތާރީޣުނެތި
    އެއެއްޗެއްގެސައްހަކަމެއްނޮއޮންނާނެ އުމުރުންދުވަސްވީނީހުންނައް
    ދޭންޖެގޭޚިދުމަތެއްދިނުނައްތިތަނުގާވަޒީފާމަދީއްޔާވަޒީފާއިތުރުކުރޭ
    އައިޑީކާޑާޕާސްޕޯޓްގެސައްހަކަންގެއްލުވާލުމަކީފަހުންއޭގެއަސަރުމުޅިގައުމައްފެނިދާނެކަމެއް

Leave a Reply to ފައުގުކުނަދު Cancel reply

Your email address will not be published. Required fields are marked *