Search Streamline Icon: https://streamlinehq.com

ދިރިއުޅުމަށް ދޫކޮށްފައިވާ ބަންޑާރަ ގޯތިތަކުގެ ތެރެއިން ދިރިއުޅެން ނުފަށައި ގިނަދުވަސްވެފައިހުރި ގޯތިތައް ވަކިކުރަން ނިންމައިފި

Kolamaa fenvaru

ބިމާބެހޭ ޤާނޫނަށް އިހްތިމާކުރުމުގެ ގޮތުން ހުވަދުއަތޮޅު އުތުރުބުރީ ކޮލަމާފުށިން ދޫކޮށްފައިވާ ބަންޑާރަ ގޯތިތަކުގެ ތެރެއިން ދިރިއުޅެން ނުފަށައި ގިނަދުވަސްވެފައިހުރި ގޯތިތައް އެ ގޯތިތަކުގެ ވެރިފަރާތުން ވަކިކުރަން ކޮލަމާފުށި ކައުންސިލުން ނިންމަވައިފި އެވެ.

ކޮލަމާފުށި ކައުންސިލުން މިގޮތަށް ނިންމަވާފައިވާއިރު ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނުގެ 14 ވަނަ މާއްދާގައި ބުނެފައިވަނީ، ބަންޑާރަ ގޯއްޗެއް ދޫކޮށްފައިވާ ތާރީޚުން ފެށިގެން 5 އަހަރު ދުވަހުގެ މުއްދަތުގެ ތެރޭގައި އެގޯތީގައި ދިރިއުޅެއް ނުފަށައިފިނަމަ އެ ގޯއްޗެއް އެމީހާގެ ކިބައިން ވަކިކުރެވޭނެކަމުގަ އެވެ.

ރާއްޖޭގެ ވަރަށް ގިނަ ރަށްރަށުގައި ދިވެހި ރައްޔިތުންނަށް ދިރިއުޅުމަށް ދޫކޮށްފައި ބިންތައް އެތައް އަހަރުތަކެއް ވެގެންދާއިރުވެސް އެންމެ ކުޑަމިނުން އިންވެސް ވަކިކޮށް ނުލައި ހުރިކަން ފާހަގަ ކުރެވެއެވެ.
ރާއްޖޭގެ ކަންކޮޅުތަކަށް ބަލައިލާއިރު އާންމު ގޮތެއްގައި އާންމު ރައްޔިތުންގެ ފުދުންތެރިކަން ހުންނަ މިންވަރަށް ބަލައި އެފަދަ ގޯތިތައް ރަށްރަށުގައި އެ ގޯތިތަކުގެ ވެރިންގެ އަތުން އަތުލާފައި ވާކަން އަދި މިހާތަނަށް އެނގިފައެއް ނުވެއެވެ.
ކޮލަމާފުށިން ދޫކޮށްފައިވާ ގޯތިތަކުގެ ތެރެއިން 2006 ވަނަ އަހަރު އެ ރަށުން ދޫކުރި ގޯތިތަކުން، އިންފާރު ރާނާފައިނުވާ ގޯތިތަކުގެ އިންފާރު ރޭނުމަށާއި، ދޫކޮށްފައިވާ ގޯތިތެރެއާއި ގޯތި ހިމެނޭ މަގުފަޅި ސާފުކޮށް ބެލެހެއްޓުމަށް ތަކުރާރުކޮށް ކައުންސިލުން އަންގާފައިވާނޭ ކަމުގައި ކޮލަމާފުށީ ކައުންސިލުން ބުނެފައި ވެއެވެ.
ކޮލަމާފުށި ކައުންސިލުން ބުނެފައިވަނީ ކައުންސިލުގެ އެންގުމާއި އެއްގޮތަށް އަމަލުކޮށްފައި ނުވާ 12 ގޯއްޗެއް ދޫކުރެވުނު ފަރާތުން ވަކިކޮށް ކައުންސިލަށް ނެގުމަށް އެ ކައުންސިލްގެ 4 ވަނަ ދައުރުގެ 125 ވަނަ އާންމު ޖަލްސާއިން ނިންމާފައިކަމުގަ އެވެ.

1 ކޮމެންޓް

Leave a Reply to ބަދަހިބެ Cancel reply

Your email address will not be published. Required fields are marked *