އުނގޫފާރުގައި މަގުމަތީ ޖަހާފައިހުރި ބައްތިއެއްގައި އަތްލި ކުޑަކުދިންތަކެއް ކަރަންޓުގައި ޖެހި ހޮސްޕިޓަލްގައި ފަރުވާދެމުންދާއިރު އެތަނުން އެއްކުއްޖަކު އައިސީޔޫގައި ވެންޓިލޭޓާރުގެ އެހީގައި ފަރުވާދެމުންދާކަމަށް އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުން ބުނެފިއެވެ.
އުނގޫފާރުން މައުލޫމާތު ލިބުނުގޮތުގައި މަގުބައްތިއަކުން ކަރަންޓުގައި ޖެހިފައިވަނީ 3 ކުއްޖެކެވެ. އަދި އެ ދެ ކުދިންނާއެކު އެތަނުގައި އުޅުނު އިތުރު ކުއްޖަކުވެސް ހެޔަށް ގޮތްވެގެން ހޮސްޕިޓަލަށް ގެންގޮސްފައިވާކަމަށް މައުލޫމާތު ލިބެއެވެ.
މަންޒަރު ދުއްމީހުންނާއި ޙަވާލާދީ ބައެއް މީޑީއާތަކުގައި ބުނެފައިވަނީ އެކުދިން ކަރަންޓުގައި ޖެހުނުކަން އެނގުނު އިރު އެތަނުން އެއްކުއްޖަކު ހުރީ ބައްތި ދަނޑީގައި ތަތްލާފައިކަމުގަ އެވެ.
އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުން ބުނެފައިވަނީ މަގުބައްތިއަކުން ކަރަންޓްގައި ޖެހި ހިނގި ހާދިސާއާއި ގުޅިގެން 3 ކުއްޖަކަށް ހޮސްޕިޓަލްގައި ފަރުވާ ދެމުންދާކަމުގަ އެވެ.
އޭގެ ތެރޭގައި ހިމެނެނީ 18 އަހަރުގެ ފިރިހެން ކުއްޖަކާ 12 އަހަރުގެ އަންހެން ކުއްޖެއް އަދި 8 އަހަރުގެ ފިރިހެން ކުއްޖަކު ހިމެނެއެވެ.
އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުން ހާމަކުރެއްވި ގޮތުގައި ހާލު ސީރިއަސް ވި ކުއްޖާގެ ބަލި ހާލަތަށް ބަލާފައި މާލެ ގެންނަން އަދ ވިސްނާފައި ނުވާކަމަށާއި ހޮސްޕިޓަލުންވެސް އެކަށީގެންވާ ފަރުވާ ދެމުން ގެންދަވާކަމުގައި ހާމަކުރެއްވި އެވެ.
މި ހާދިސާއާ ގުޅިގެން ބައްލަންޖެހޭ ކަންކަން ފުލުހުން ގެންދަވަނީ ބައްލަވަމުންނެވެ.










1 ކޮމެންޓް
ކަރަންޓު މަގުބަތްތި ދަނޑީގައި ހުރުމަކީ ދިވެހި ރާއްޖޭގައި ހެދިފައި ހުރި ގަވާއިދުތަކާ ހިލާފަށް ވައިރިން ކޮއްފަ ހުރުމުގެ ސަބަބުން ދިމާވިކަމެއް. އީ އެލް ސީބީ ނުލާ ހުރުމުން ދިމާވާ މައްސަލައެއް.