Search Streamline Icon: https://streamlinehq.com

ފަހުގެ

ފަލަސްތީނުގެ އަސީރުންނަށް މަރުގެ ހުކުމް އިއްވުމާ ދެކޮޅަށް މާލޭގައި ބޮޑު އެއްވުމެއް ބާއްވަނީ

Screenshot 2026 04 16

ނިރުބަވެރި އިސްރާއީލުގެ ދައުލަތުން ފަލަސްތީނުގެ ކުށްނެތް އަސީރުންނަށް މަރުގެ ހުކުމް އިއްވުމަށް ނިންމާފައިވާ ނިންމުމާ ދެކޮޅަށް އަޑުއުފުލުމަށް، މާދަމާ ރާއްޖޭގައި ބޮޑު އެއްވުމެއް ބޭއްވުމަށް އިސްރާ އެސޯސިއޭޝަނުން ނިންމައިފިއެވެ.

އިސްރާ އެސޯސިއޭޝަނުން މައުލޫމާތު ދޭ ގޮތުގައި، މި ހަރަކާތަކީ ފަލަސްތީނުގެ އިލްމުވެރިންގެ ޖަމިއްޔާ އާއި ”ގްލޯބަލް ކޯލިޝަން ފޯ ގުދުސް އެންޑް ޕަލަސްޓައިން“ ގެ އިތުރުން ފަލަސްތީނުގެ ހައްގުގައި މަސައްކަތްކުރާ ބައިނަލްއަގުވާމީ ޖަމިއްޔާތަކުގެ އެދުމުގެ މަތިން ބާއްވާ ހަރަކާތެކެވެ. މި އެއްވުން އޮންނާނީ މާދަމާ ހަވީރު 16:00 ގައި މާލޭގެ އާޓިފިޝަލް ބީޗު ސަރަހައްދުގައެވެ.

ޔަހޫދީ ދައުލަތުން ފަލަސްތީނުގެ އަސީރުންނަށް މަރުގެ ހުކުމް އިއްވުމަށް ގާނޫނެއް ފާސްކޮށްފައިވާއިރު، އިސްރާ އެސޯސިއޭޝަނުން ބުނީ މިއީ ދުނިޔޭގެ ތާރީޚުގައިވެސް އަދި އެއްވެސް ދީނެއްގައިވެސް ކޮށްފައިވާ ކަމެއް ނޫން ކަމަށެވެ. މިއީ ބައިނަލްއަގުވާމީ މުއާހަދާތަކާއި އިންސާނީ ހައްގުތަކާ ކަނޑައެޅިގެން ޚިލާފު، ލާއިންސާނީ އަމަލެއްގެ ގޮތުގައި އެ ޖަމިއްޔާއިން ސިފަކުރެއެވެ.

މާދަމާ ދުނިޔޭގެ އެކި ކަންކޮޅުތަކުގައިވެސް މިފަދަ އެއްވުންތައް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. ރާއްޖޭގައި ބާއްވާ މި އެއްވުމުގެ މަގުސަދަކީ ފަލަސްތީނުގެ އަސީރުންނާ މެދު އިސްރާއީލުން ހިންގަމުންދާ އަނިޔާވެރި އަމަލުތަކަށް ދިވެހިން ނުރުހުން ފާޅުކުރުމެވެ.

ނިރުބަވެރި އިސްރާއީލުން ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގަމުންދާ ގަތުލުއާންމާއި ލާއިންސާނީ އަމަލުތަކާ ދެކޮޅަށް، ދިވެހި ސަރުކާރާއި ރައްޔިތުން އަބަދުވެސް ދަނީ ބައިނަލްއަގުވާމީ މައިދާނުގައާއި ރާއްޖޭގައި އަޑުއުފުލައި، ފަލަސްތީނުގެ ހައްގުގައި ވަކާލާތު ކުރަމުންނެވެ.

Leave a Reply

Your email address will not be published. Required fields are marked *


ގުޅުންހުރި