މާލެ އަތޮޅު ރިސޯޓެއްގެ ފަޅުތެރޭގައި އަޅާފައި އޮތް ލޯންޗެއްގައި އަލިފާން ރޯވެ، އެލޯންޗުގެ ކެޕްޓަންއަށް އެކިވަރުގެ އަނިޔާލިބުމާއިގުޅިގެން އައިޖީއެމް ހޮސްޕިޓަލަށް ގެންގޮސް ފަރުވާދޭން ފަށައިފިއެވެ.
މި ހާދިސާގައި އަނިޔާލިބިފައިވަނީ އުމުރުން 34 އަހަރުގެ ދިވެހި ފިރިހެނަކަށެވެ. އަލިފާނުގެ ހާދިސާ ހިނގި ވަގުތު އެ އުޅަނދުގައި ހުރީ ކެޕްޓަން އެކަނިކަމަށްވެސް މަޢޫލޫމާތު ލިބެއެވެ.
ފުލުހުން ހާމަކުރައްވާ ގޮތުގައި، މި ހާދިސާ ހިނގާފައިވަނީ 10 ނޮވެމްބަރު 2026 ވީ އަންގާރަ ދުވަހުގެ ރޭ މެންދަމުން އަލިގެ 03:00 އެހައިކަންހާއިރުއެވެ. އަދި މިކަމުގެ މައުލޫމާތު ފުލުހުންނަށް ރިޕޯޓްކޮށްފައިވަނީ ރޭ ފަތިހު 05:30 އެހައިކަންހާއިރުކަމަށްވެސް ފު ފުލުހުން ހާމަކުރައްވައެވެ.
އަލިފާން ރޯވުމުގެ ސަބަބުން އެ ލޯންޗަށްވެސް އެކިވަރުގެ ގެއްލުންތައް ވެފައިވާއިރު، އަލިފާން ރޯވާން މެދުވެރިވި ސަބަބު ހޯދުމަށް ފުލުހުން ގެންދަވަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރައްވަމުންނެވެ.









