ރާއްޖެއަށް ބަރުލަމާނީ ނިޒާމެއް ގެނައުމަށް ޕެޓިޝަނެއްގައި ސޮއިކުރަން ފަށައިފިއެވެ.
ޤާނޫނީ ވަކީލް މުޙައްމަދު ނިޝާން އިބްރާހީމް ތައްޔާރުކުރާ އެ ޕެޓިޝަންގައި ރައްޔިތުންގެ މަޖުލީގެ ގިނަ މެމްބަރުންގެ އިތުރުން މުހައްމަދު ނަޝީދުއަށް ތާއިދުކުރާ ގިނަ މީހުން ދަނީ އެޕެޓިޝަނުގައި ސޮއިކުރަވަމުންނެވެ.
ރާއްޖެއަށް ބަރުލަމާނީ ނިޒާމެއް ގެނެސް ރާއްޖޭގެ ބޮޑުވަޒީރުކަމަށް އަންނަން ބޭނުންފުޅުވާކަން ރައީސް ނަޝީދު ދަނީ ހާމަކުރަމުންނެވެ. އެހެން ނަމަވެސް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވަނީ ރާއްޖޭގައި އޮތުން އެންމެ އެކަށީގެންވަނީ ރިޔާސީ ނިޒާމެއް ކަމަށެވެ.
ރައީސް ނަޝީދު ބޭނުންފުޅުވަނީ 2023 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބު ނުބާއްވާ މަޖުލީހުން ރައީސަކު ކަނޑައެޅުމަށެވެ. އެމަނިކުފާނަށް ރައްދު ދެއްވަމުން ރައީސް ސޯލިހު ވިދާޅުވަނީ ރާއްޖޭގައި އޮންނަން ފެންނަ ނިޒާމު ކަނޑައަޅާފައިވަނީ ރައްޔިތުން ކަމަށާއި، ދެންވެސް ނިޒާމު ގޯސްވެއްޖެނަމަ ނިންމާނީ ރައްޔިތުންގެ ވޯޓަކުން ކަމަށެވެ.
އެ ޕެޓިޝަންގައި ސޮއިކުރެއްވި މެންބަރުންގެ ތެރޭގައި މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހީމް ރަޝީދު (ބޮންޑެ)އާއި ހެންވޭރު އުތުރު ދާއިރާގެ މެންބަރު އިބްރާހީމް މުޢިއްޒު ހިމެނިވަޑައިގަންނަވައެވެ. އަދި މާލެ ސިޓީ ކައުންސިލްގެ މެންބަރު އަޙްމަދު ޟަމީރުގެ އިތުރުންވެސް ރައީސް ނަޝީދަށް ތާޢީދުކުރައްވާ އެމްޑީޕީގެ އިސް ސަފުގައި ހަރަކާތްތެރިވާ ފަރާތްތަކާއި އެޕާޓީގެ ޢާންމު މެންބަރުންވެސް ދަނީ އެ ޕެޓިޝަންގައި ސޮއިކުރަމުންނެވެ.










1 ކޮމެންޓް
މޮޔަނުވޭ ދޫންޔާ މި ރާއްޖެއަކަށް ބަރުލަމާނީ ނިޒާމެއް ނުގެނެވޭނެ. ތިޔަހެން ދެތިމް މީހުން ކޮށްލާ ސޮޔަކުން ރާއްޖޭގެ ނިޒާމު ފުނޑައެއް ނުކެވޭނެ. ޥަރަށް ސަލާމް