Search Streamline Icon: https://streamlinehq.com

އިންޑިއާ ސިފައިން ނުކުމެ ”އާލަމްގީރް“ ފަހާލައިފި

Pakistan navy ship alamgir fenvaruonline

ޕީއެންއެސް އާލަމްގީރު ނަމަކަށްކިޔާ ހަނގުރާމަމަތީ މަނަވަރެއް އިންޑިއާގެ އިޤްތިޞާދީ ސަރަޙައްދަށް ވަނުމުން އެގަމުގެ ސިފައިން ނިކުމެ އާލަމްގީރު ފަހާލައިފި އެވެ. ”ޕީއެންއެސް އާލަމްގީރް“ އަކީ ޕާކިސްތާނު ކަނޑުގެ ސިފައިންގެ ހަނގުރާމަމަތީ މަނަވަރެއް ކަމަށާއި، އެ މަނަވަރު އިންޑިއާގެ ކަނޑުގެ ސަރަހައްދަށް ވަނުމުން އެ ޤައުމުގެ ކަނޑުގެ ސިފައިން ނިކުމެ ފަހާލާފައިވާކަމަށް މީޑީއާ ރިޕޯޓްތައް ބުނެއެވެ.

ސިފައިންގެ އިސްވެރިންނާއި ޙަވާލާދީ އިންޑިޔާގެ ބައެއް ނޫސްތަކުގައި އިއްޔެއިން ފެށިގެން މިކަން ރިޕޯޓްކުރަން ފަށާފައިވީނަމަވެސް އިންޑިއާގެ ގުޖުރާތުގެ ސަރަހައްދުން އިންޑިއާގެ ކަނޑުގެ ސަރަހައްދަށް އާލަމްގީރް ވަދެފައިވަނީ މިދިޔަ މަހުގެ ތެރޭގައި ކަމަށާއި އާލަމްގީރް އިންޑިއާގެ ކަނޑުގެ ސަރަހައްދަށް ވަދެފައިވަނީ ދުވާލުގެ ވަގުތެއްގައިކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ.

އިންޑިއާގެ ކަނޑުގެ ސަރަހައްދަށް އާލަމްގީރް ވަންތާ މާގިނައިރެއް ނުވެ އެކަންވަނީ އެވަގުތު ކަނޑުމަތީގައި ފާރަވެރިވުމަށް އުޅުނު އިންޑިއާގެ ކޯސްޓްގާޑުގެ ޑޯނިއާ މަތިންދާބޯޓަކަށް ފެނިފައެވެ.

މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި އިންޑިއާގެ ކަނޑުގެ ސިފައިންނަށް އާލަމްގީރް ފެނުމުން  އިންޑިއާގެ އިޤްތިޞާދީ ސަރަހައްދުން ބޭރައް ނުކުތުމަށް އެ މަނަވަރަށް ވަނީ މަޖުބޫރުކޮށްފަ އެވެ.

އާލަމްގިރް އިންޑިއާގެ އިޤްތިޞާދީ ދަރަހައްދުން ބޭރުކުރުމަށް އިންޑިއާ ސިފައިން ކުރި މަސައްކަތުގައި އާލަމްގިރީގެ ކެޕްޓަން އާއި ރޭޑިއޯޓެލެޕޯން މެދުވެރިކޮށް މުއާމަލާތު ކުރުމަށް މަސައްކަތް ކޮށްފައިވެއެވެ. ނަމަވެސް ކެޕްޓަން މިއިން އެއްވެސް ސުވާލަކަށް ޖަވާބު ދީފައެއް ނުވެއެވެ.

އިންޑިއާއިން ތުހުމަތު ކުރާގޮތުގައި، ޕާކިސްތާނުން އާލަމްގީރް އިންޑިއާގެ އިޤްތިޞާދީ ސަރަހައްދައް ވަދެފައިވަނީ އެމީހުންނަށް އެނގިހުރެ އިންޑިއާގެ ދިފާއީ ބަލިފައިތައް ހޯދައި ދެނެގަތުމަށައި، ކަނޑުގެ ސަރަހައްދު ޓެސްޓް ކުރުމާއި އެހެނިހެން ސިއްރުތައް ހޯދުމުގެ ބޭނުމުގައެވެ.

މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި ޕާކިސްތާނުގެ މަނަވަރު އާލަމްގީރް އިންޑިއާގެ އިޤތިޞާދީ ސަރަހައްދުން ނުކުންނަންދެން އިންޑިއާގެ އަސްކަރީ މަތިންދާބޯޓުތަކުން ދިޔައި އާލަމްގީރްއަށް ފާރަލައި ބަލަމުންނެވެ.

އިންޑިއާ ކަނޑުގެ ސިފައިން އަބަދުވެސް ގެންދަނީ އިންޑިއާގެ އިޤްތިޞާދީ ސަރަހައްދާއި ބޯޑަރު ސަރަހައްދު ވަރަށް ބޮޑަށް ފާރަލައި ބަލަމުންނެވެ. އިންޑިއާގެ ބޯޑަރު ސަރަހައްދުގެ 5ނޯޓިކަލް މޭލު ތެރޭގައި، އެންމެ ކުޑަމިނުން އެ ޤައުމުގެ މަސްވެރިންނަށްވެސް މަސްވެރިކަމުގެ ހުއްދަ ނުލިބޭކަމަށްވެސް މީޑިއާ ރިޕޯޓްތައް ބުނެއެވެ.

2 ކޮމެންޓް

  1. މިއީ އެހެން ޤައުމުތަކުން އެމީހުންގެ ޤައުމުގެ ސަރަހައްދުގެ ކަންކަން އެހެން މީހުންނަށް އެނގުނަ ނުދޭން ކުރާހާ މަސައްކަތް.
    ރާއްޖެއިން މިއުޅެނީ އިންޑިއާއާ ޑީލް ހަދައިގެން މުޅި ރާއްޖޭގެ އަޑިޔާމަތި ދިރާސާކޮށް ކުރަހައި ވިއްކާ އޭގެ ފައިދާ ކައި ހުރިހައިކަމަކަށް މަގުފަހިކޮށްދީގެން.
    ދުވަސްކޮޅަކުން ރާއްޖޭގެ ސިފައިންނާއި މީހުންނަށްވުރެ އިންޑިއާ ސިފައިން ރާއްޖޭގެ ކަނޑުގެ ސަރަހައްްދަށް ފަރިތަވާނެ. އެމީހުންގެ އަތުގައި އޮންނަ އެއްޗެއް ބަދަލުކޮށްފައި ދިނަސް ދިވެހިންނަކަށް ނޭނގޭނެ.

  2. އެހެންވެގެން ދޯ އައިސް ރާއްޖެ ސަރަހައްދުގަ އިންޑިޔާ ބޯޓު ފަހަރު މަސްވެރިކަން އެކުރަނީ

Leave a Reply to އާދަމް Cancel reply

Your email address will not be published. Required fields are marked *