އަބޫ ސަޢީދު އާއި އަބީ ހުރައިރާގެ ކިބައިން ރިވާ ވެގެންވެއެވެ. ރަސޫލުﷲ ސައްލަﷲ އަލައިހި ވަސައްލަމަ ހަދީޘް ކުރެއްވިއެވެ.
“ހަމަކަށަވަރުން އެޒަމާނެއްގައި، މީސްތަކުންގެ މަށްޗަށް ވެރިންގެ ގޮތުގައި ދެކޮޅު ނުޖެހޭ މޮޔަ މީހުން ތިބޭ ޒަމާނެއް އަންނަ ހުއްޓެވެ. އެބައި މީހުން މީސްތަކުންގެ ތެރެއިން އެންމެ ނުބައި މީހުން އެމީހުންގެ ވެރިންގެ ގޮތުގައި ކުރިޔަށް ނެރެފައި އެއީ މީސްތަކުންގެ ތެރެއިން ހެޔޮ ރަނގަޅު މީހުން ކަމުގައި ދައްކާނެއެވެ. އަދި އެބައި މީހުން ނަމާދުގެ ވަގުތު ތަކުން ފަސްކުރާނެއެވެ. ފަހެ ތިޔަބައިމީހުން ކުރެ މީހަކަށް އެޒަމާނާއި ބައްދަލުވެއްޖެ ނަމަ އެމީހުންގެ އިއްރީފަކަށް ވެސް ސުރުތިއްޔަކަށް ވެސް ޖާބީ އަކަށް ވެސް ޚާޒިނަކަށް ވެސް ނުވާ ހުށި ކަމެވެ.”
(رواه أبو يعلى وابن حبان في صحيحه وصححه الهيثمي في مجمع الوائد ٥/٣٤٣ وحسنه الألباني في صحيح الترغيب والترهيب: ٢/٣٠)
ނޯޓް:
1- އިއްރީފް އަކީ:-
ޤަބީލާއެއް ނުވަތަ ޖަމާއަތެއްގެ މަށްޗަށް އަމީރުގެ ފަރާތުން ވެރިއެއްގެ ގޮތުގައި ކަނޑައަޅާފައި ހުންނަ މީހާ އެވެ. އަދި އަމީރަށް އެމީހުންގެ ޚަބަރުތައް ގެނެސްދޭ މީހާ އެވެ.
(عون المعبود: ١٠٨/٨)
2- ސުރުތީ އަކީ:-
ސިފައިންނާއި ފުލުހުންނެވެ. ދަޢުލަތާއި ޤަޢުމުގެ އަމާން އަމާން ކަން ބަލަހައްޓާ ދިފާޢު ކުރުމުގައި ރެޔާއި ދުވާލު އުޅޭ މީހުންނެވެ. އެހެނެއްކަމަކު އަނިޔާވެރި ދަޢުލަތެއްގައި އެބައި މީހުން ވާހުށީ ހައްޤަކާއި ނުލައި މީސްތަކުންނަށް އަނިޔާކޮށް މުދާތައް ނިގުޅައިގަންނަ ބަޔަކަށެވެ.
3- ޖާބީ އަކީ:-
ޒަކާތް ޖަމާކުރުމަށް ވެރިޔާގެ ފަރާތުން ކަނޑަ އަޅައި ފޮނުވޭ މީހުންނެވެ.
(المغني: ٩٢/١٤ والمجموع: ٣١٧/٧)
4- ޚާޒީން އަކީ:-
ދަޢުލަތުގެ ޚަޒާނާ ފައިސާ އާއި ބަޖެޓު ބަލަހައްޓައި ރައްކާ ކުރުމާއި ހަވާލުވެގެން ހުންނަ މީހާ އެވެ.
(شرح أبي داود للعيني: ٤٣٦/٦)












1 ކޮމެންޓް
މިހާރު މިއޮތީ ދިވެހިރާއްޖެއަށް ތި ޒަމާން އައިސްފާ، ތި ކަންކަމާ ހަމަ ކުޑަވެސް ތަފާތެއް މިހާރު މި ގައުމުގާ ނެތް.