ދިވެހިން މިއަދު މިދެކޭ ދުލާއި ޤަލަމުގެ މިނިވަންކަމުގެ ސަބަބުން ދިވެހިންގެ ދީނާއި ސަޤާފަތާ އާދަކާދައާއި އަޚުލާޤަށް ކުރީކޮންކަހަލަ އަސަރެއްކަން ބުނެދޭނީ ކޮން އަދީބެއްތޯ ނުވަތަ ފަލްސަފާވެރިއެއްތޯ ސުވާލުއުފެދިއްޖެއެވެ. މިނިވަންކަމަކީވެސް އޭގައި ހުދޫދެއް އެކުނުލެވޭނަމަ އިންސާނުންނަށް ނުރައްކަލެއް ނޫންބާވައެވެ. ދިވެހިންނަކީ ފެށުމުގައިވެސް މަޑުމައިތިރި އެކަކު އަނެކަކަށް އިޙުތިރާމުކުރި ތިމާގެ އަޚާއަށް ލިބޭ ކޮންމެ ވޭނެއް އެއީ ތިމާ އިޙުސާސްކުރާ ވޭނަކަށްވީދުވަސް އަދި މާދުރަކަށްނުދެއެވެ.
ދިވެހިންގެ ކުރިއެރުމާއި މުސްތަޤުބަލް ބިނާކުރަން ޢުލޫމުގެ އުނގުން ތަޖުރިބާކާރު ބިދޭސީން އަޅުގަނޑަށް ފެންނަންފެށީ 1950 ގެ އަހަރުތަކުގައެވެ. އެގޮތުން ސުކޫލްތަކުގެ ގިނަ މާއްދާތައް އެއިރު ކިޔަވާދެއްވީ ލަންކާގެ ޓީޗަރުންނެވެ. ކެޑޭޓް މާސްޓަރާ ބޯއީސްކައުޓް މާސްޓަރަަކީވެސް ލަންކާގެ މީހެކެވެ. އަދި ދާދިފަހަކާ ޖެހެންދެން ދިވެހިންނަށް ޚިދުމަތްކުރި ޑޮކްޓަރުންނަކީ ވެސް ލަންކާގެ ޑޮކްޓަރެކެވެ. 1980 ގެތެރޭގައި ރައީސް މައުމޫނަށްވުރެ ބޮޑުމުސާރަ ދެއްވާ ޕުރެސް ސެކެރެޓެރީއެއް ރައީސް އޮފީހުގެ ވަޒީފާގައި އުޅުއްވިއެވެ.
ދިވެހިރާއްޖޭއަށް 1930 ގެދުވަސްވަރު ސުރީލަންކާއިން ގެނައި ކޯޗު މައިކަލްޑިސިލްވާގެ އިރުސާދުގެދަށުން ފުޓުބޯޅަ ފަރިތަކުރުންތަކުންފެށި އަދި އޭނާގެ ނަމުގައި ދެވެންފެށި ވާދައިގެ ތަށި 1980 ދުވަސްވަރުތެރޭގައި އެތަށީގެ ބަދަލުގައި މިހާރު ދެވޭ ވާދައިގެ ތަށިތައް ދެވެން ފެށިއެވެ. އަދި މިއަދުވެސް ދިވެހިމަދު ޓީމެއްގައި ނޫނީ ބޭރުގެ މޮޅުކުޅުންތެރިން 3000.00 – 5000.00 ޑޮލަރގެ މުސާރައިގައި އެކަކުނުވަތަ ދެމީހުން ތިބެއެވެ. އަދި މިމީހުންނަށް މުސާރަދެނީ ގިނަފަހަރަށް ކުލަބުގެ ސަޕޯޓަރަކު ސަރުކާރުގެ ކަރަޕްސަނުގެ ފައިސާއިންނެވެ. ދިވެހިންގެ ޤައުމީސަލާމުގެ ރާގަކީވެސް ލަންކާގެ އަމަރަދޭވަންގެ ޚިދުމަތެކެމެވެ.
ޚިދުމަތެއްގެ މުއްދަތު ގުނޭނީ އެކަމެއްގައި ސާމިލުވި މީހުންގެ ނިސްބަތާއި މިންވަރު ދެނެގަނެގެންކަމުން ދިވެހިންގެ ޞިއްޙީ ޙިދުމަތަށްބަލާއިރު މިހާތަނަށް ދިވެހިންގެ ތެރެއިން މިދުނިޔެ ދޫކޮށްފައިވަނީ ހަނދާންވާގޮތުން އެންމެ 7 ޑޮކްޓަރުންނެވެ. މިކަމުން މިދައްކާދިނީ ދިވެހިންގެ ޞިއްޙީ ޚިދުމަތުގެ ހަގުކަމާއި ޑޮކުޓަރުން މަދުކަމާއި އެކަމުގެ ތާާރީޚު އޮތްގޮތެވެ. ނަމަވެސް ޖެހިގެންމިވާ ލަންކާގައި ދުނިޔެދޫކުރި ޑޮކްޓަރުންގެ ޢަދަދު މިލިއަނުން ގުނޭނެކަން ކަށަވަރެށެވެ.
ވީއިރު ސަރުކާރު ހިންގަވަންތިއްބެވި ބަޔަަކަށް ދުނިޔޭގެ މާލީނިޠާމު ހިނގަމުންދާގޮތާއި ދުނިޔެއަށް ދިމާވި ނުރައްކާތެރި ރޯގާގެ ސަބަބުން ޤައުމުތަކުގެ އިޤުތިޞޯދަށް ކުރަމުންދާ ނޭދެވޭ އަސަރުތަކާއެކު ޤައުމުގެ ރައްޔިތުންގެ ބޭނުންތައް ފުއްދޭނެ ހަމަތަކެއް ހޯދާ އަދި ދުނިޔޭގެ މާލީ އިދާާރާތަކާއެކު މުއާމަލާތްކުރުމަށާއި އަދިހަމަ އެފަދައިން ފައިސާ ގެންގުޅޭނެ ތަޖުރިބާހުރި އެފަންނުގެ އަރާހުންނެވި ވޯލްޑްބޭންކުގެ ޗީފްއިކޮނޮމިސްޓެއްގެ ލަފާހޯދުމަކީ އަޅުގަނޑު ޤަބޫލުކުރާގޮތުގައި ވަރަށްމުހިންމު ހަރުދަނާ ނިންމެވުމެކެވެ. އެފަދަމީހަކަށް ދެވޭ މުސާރައަށް ބަލާއިރު ދިވެހިރާއްޖޭގެ ރައީސަށް ލިބިދޭ މުސާރައާއި އަޅާކިޔުމަކީ އެކަށީގެންވާ ގޮތެއްނޫނެވެ. ސަބަބަކީ ދުނިޔޭގެ ގިނަ ޤައުމުތަކުގައިވެސް ރައީސުންނާއި ބޮޑުވަޒީރުންގެ މުސާރައަކީ އެހާބޮޑު އަދަދެއްނޫނެވެ. އެގޮތަށް ހަމަޖެހިފައިވަނީ އެ މަޤާމަކީ ރައްްޔިތުންނަށް ޚިދުމަތްކުރުމަށް އަންނަމީހަކަށް ސަރުކާރުން ދިރިއުޅުމުގެ ހުރިހާ ޚަރަދެއް ކޮށްދިނުމަށްފަހު ދެވޭ ރަމްޒީ އަދަދަކަށްވާތީއެވެ. ފުޓްބޯޅަ ކުޅެންގެންނަ 5000.00 ޑޮލަރުގެ ކުޅުންތެރިޔާއަށް ދެވޭ މުސާރައަށް ބަލާއިރު މިނިސްޓަރެއްގެ މުސާރަ މާކުޑަނޫންތޯއެވެ.
މިއަދު ޅ. ހިންނަވަރަށް ނިސްބަތްވާ ރައީސުލްޖުމުހޫރިއްޔާ އެއް ހުންނެވީތީ ނިކަމެތިކަމާއެކު ބަސްތައް ރައްދުކޮށް ހިތަށްއެރިގޮތަކަށް ނިކަމެތިކޮށްލަމުން ދިޔަނަމަވެސް ދެން މިދިވެހި ޤައުމުގައި ރައީސްކަން ކުރައްވާނީ ކުރީޒަމާންތަކުގެ ރަސްކަންވެސް ނިންބަތްވެފައިވާގޮތަށް ކޮންމެވެސް ރާއްޖެތެރޭގެ ރަށަަކަށް ނިސްބަތްވާ ރައީސެއްކަން އަޅުގަނޑަށް ހަމަ ޔަޤީނެވެ.
އަޅުގަނޑު ޤަބޫލުކުރާގޮތުގައި ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ އިކޮނޮމިކް ޕޮލިސީއަކީ ވަރަށް ހަރުދަނާ ބިންގަލެއްގެ މަތީ ކަނޑައެޅި ހިނގަމުން އަންނަ ފޮލިސީއެެކެވެ. ރައްޔިތުންގެ ބޭނުންތައްގިނަވެ ކޮންމެރަށެއްގެ ކޮންމެ މުޖްތަމައެއްގެ ބޭނުންތައް ފުއްދުމަށް ވަޢުދުތައްވެގެން ކުރިއަށްގެންދަވަނިކޮށް ދުނިޔެއަށް މިދިމާވި ބަލިމަޑުކަމުގެ ކާރިސާގެ ސަބަބަުން ރާއްޖޭގެ އިޤުތިޞޯދީ ދުވެހި މަޑުޖެހުމުން ދަރަނިވެރިނުވެ ކުރިއަށް ދެވޭކަމަށް ހީކުރެވެންޏާ އެއީ މުޅިން ރަނގަޅު ވިސްނުމެއްނޫނެވެ. ދިވެހިންގެ ތެރޭގައިވެސް އިކޮނޮމިކް ކިޔަވައިގެންތިއްބެވި ވަރަށް ޤާބިލް ބޭފުޅުން އެބަތިއްބެވިއެވެ. ނަމަވެސް މިއަދުގެ ވާދަވެރި ސިޔާސީ ޕާޓީތަކުގެ އަވާގައިނުޖެހޭ ސަރުކާރަށް އިތުބާރުކުރެވޭ މީހަކަށް އެމީހަކު ވާންޖެހޭކަން ޤަބޫލުކުރަން ޖެހޭނެއެވެ. ވިސްނާލައްވާށެވެ! ލަންކާގެ ދަރަނި 2020 ގައި 35 ބިލިއަން ޑޮލަރ ގައި ހުރެފައި މިއަދު ވަނީ 52 ބިލިއަން ޑޮލަރަށް ދަރަނިވެރިވެފައެވެ. ދިވެހި ސަރުކާރުން ކޮވިޑްގެ ބަލިމަޑުކަމުގައި ރައްޔިތުންނަށް ވަމުންދާ އިޙުސާންތެރި އެހީތެރިކަމަކީ ދުނިޔެއަށް މިސާލަކަށް ފުދޭނެ އިޚުލާޞްތެރި ޚިދުމަތެކެވެ. ނަމަވެސް ރާއްޖޭގެ ސިޔާސީ މަސްރަހުގެ ވާދަވެރިކަން އިތުރުވެ ކުރިއަށްއޮތް ދައުރަށް ކެމްޕޭން ކުރާފަރާތްތަކުން ދައުލަތުން ކުރާކޮންމެ ކަމެއް ރައްޔިތުންނަށް ފޯރުކޮށްދެނީ ނުރަނގަޅު ތަސައްވަރުގައެވެ. ނަމަވެސް ﷲ ތަޢާލާ އަންގަވަނީ އިހުސާންތެރިކަމުގެ ޖަޒާއަކީ އިހުސާންތެރިކަންކަމުގައި މެނުވީ ނުވެއެވެ. 55 X 60 ނިންމާލަމުން ސަރުކާރަށް އަޅުގަނޑު ގޮވާމިލަނީ ސުޕީޑް އަވަސްކުރައްވާށެވެ.
ލިޔުނީ: އޯކޭޒާހިރު












1 ކޮމެންޓް
ދިވެހިންގެ މުސްތަގުބަލް ބިނާކުރާނީ ދިވެހިން