Search Streamline Icon: https://streamlinehq.com

ތުއްތު އަޒްޔާން: ތިން އަހަރަށް ފަހު ކާންދޭ ހޮޅި ނޭފަތުން ގޮހޮރަށް ބަދަލުކޮށްފި.

Yaan fenvaru
Advertisement

ޢުމުރުން އެންމެ 3 އަހަރުން ފެށިގެން އަޒްޔާން (ޔާން) އަށް ކާންދިނުމަށް އޭނާގެ ނޭފަތަށް ލައްވާފައިވާ ހޮޅި ބަނޑުން ލޯވަޅެއް އަޅައި ސީދާ ގޮހޮރަށް ބަދަލުކޮށްފި އެވެ. މި އޮޕަރޭޝަން ކޮށްފައިވަނީ އިންޑިއާގެ އަމްރިތާ ހޮސްޕިޓަލުގެ ޑޮކްޓަރުންގެ ޓީމަކުން ނެވެ.

އަޒްޔާން އަށް މިކަން ދިމާވެފައިވަނީ އޭނާގެ ޢުމުރުން އެންމެ 2 އަހަރުގަ އެވެ. އެ ދުވަމުން ފެށިގެން މިއަދާއި ހަމައަށް ވެސް އަޒްޔާންގެ އާޢިލާއިން މެދު ކެނޑުމެއްނެތި މަސައްކަތް ކުރަމުން އެ ގެންދަނީ ތުއްތު އަޒްޔާން އަށް ދިމާވެފައިވާ ހާލަތުން އޭނާ ސަލާމަތް ކުރެވޭތޯއެވެ.

”މިހާރު ޔާން އަށް ކާންދޭ ހޮޅި ވަނީ ޔާންގެ ބަނޑުން ލޯޥަޅެއް އަޅައިގެން ބަނޑަށް މިބުނީ ސީދާ ގޮހޮރަށް ގުޅާފަ. ހޮޅި ގުޅާފަ އިންތަނުން ފާރުހިކި މުޅިން ރަނގަޅުވީމަ އެ ހޮޅި ނައްޓާފަ ކުޑަ ޓިއުބަކަށް ބަދަލުކުރުމަށް ޑޮކްޓަރުން ވަނީ ނިންމަވާފަ. އެ ކަން ކުރެވޭނީ ޔާންގެ ބަނޑުން ތޮރުފާފައިވާ ލޯވަޅުން މުޅިން ފާރުހިކި ރަނގަޅުވީމަ. އެތަން ރަނގަޅުވާން 2 މަހެއްހައި ދުވަށް ވާނެކަމަށް ޑޮކްޓަރުން ވިދާޅުވި.“ އަޒްޔާން މަންމަ ސުޒާނާ ބުންޏެވެ.

އިންޑިއާ ކޮޗިންގައި ހުރެގެން ފެންވަރު އޮންލައިންނަށް މައުލޫމާތު ދެއްވަމުން އަޒްޔާންގެ މަންމަ ޢާއިޝަތު ސުޒާނާ ބުނީ މިވަގުތު ދެން އިތުރަށް އިންޑިއާގައި މަޑުކުރެވެން ނެތްކަމުގައެވެ. ޑޮކްޓަރު އެހެން ވިދާޅުވި ނަމަވެސް މާލީ ހާލަތުހުރިގޮތުން އިންޑިއާގައި ތިބެވެން ނެތުމުން ރާއްޖެއަށް ދިއުމަށް ނިންމާފައިވާ ކަމަށް ވެސް ސުޒާނާ ބުންޏެވެ.

ސުޒާނާ ބުނީ ރާއްޖެއިން މިކަން ކުރެވޭތޯ އައިޖީއެމް ހޮސްޕިޓަލުގެ ޑޮކްޓަރަކާއި ވާހަކަދެއްކުމުން ވިދާޅުވީ އޮޕަރޭޝަންކުރި ޑޮކްޓަރުގެ ލިއުމަކާއި ބަދަލުކުރަން ބޭނުންވާ ޓިއުބު އިންޑިއާއިން ގެނެސްދިނުމުން ބަދަލުކޮށްދެވިދާނެ ކަމުގަ އެވެ. މިވާހަކަ އަމްރިތާ ހޮސްޕިޓަލުގެ ޑޮކްޓަރުންގެ ޓީމާއި ހިއްޞާކުރުމުން އަޒްޔާގެ މި އޮޕަރޭޝަން ކުރި ޑޮކްޓަރު ވިދާޅުވީ އެހެން ޑޮކްޓަރަކު ލައްވާ މިކަން ކުރަން ބޭނުންނުވާކަމަށާއި އަދި އަމުދުން ދިވެހިރާއްޖެއިން މިކަން ކުރަން ބޭނުން ނުވާކަމުގަ އެވެ.

Advertisement

ޔާން އަށް މިކަން ދިމާވެފައިވަނީ ޔާންގެ ސިނކުނޑިއާއި ދާދި ކައިރީގައި އުފެދިފައިވާ މި ޓިއުމަރެއްގެ ސަބަބުން ޔާން އަށް ތަފާތު އުނދަނގޫ ތަކާއި ކުރިމަތިވާތާ އެތައް ދުވަހެއް ފަހުން ނެވެ. ޔާންގެ މަންމައާއި ބައްޕަގެ މެދުކެނޑުމެއްނެތި އެ ގެންދަނީ ތުއްތު ޔާން އަށް ފުރިހަމަ ޞިއްްހަތެއް ހޯދައިދިނުމަށް ލޮލުފިޔައެއްވެސް ޖަހައިނުލައި މަސައްކަތްކުރަމުންނެވެ.

އިންޑިއާގެ އަމްރިތާ ހޮސްޕިޓަލުން 2019. 2020، 2021 އަދި މި ހިނގާ 2022 2023 ވަނަ އަހަރުވެސް އެތައް ދުވަހަކު އެ ދެމަފިރިން އެގެންދަނީ ޔާން އަން ފުރިހަމަ ފަރުވާއެއް ދެވޭތޯ މަސައްކަތް ކުރަމުންނެވެ.

ޑޮކްޑަރުން ކުރިން ވިދާޅުވެފައިވަނީ ޓިއުމަރު އެއްފަހަރުން ނަގައިފިނަމަ ލޮލުގެ ފެނުމުން ޔާން މަޙުރޫމް ވެދާނެ ކަމުގައެވެ. އަދި ޓިއުމަރު މުޅިން ނެގޭނީ އެތިކޮޅުކޮޅުން ކަހާލައިގެން ކަމަށްވެސް ޑޮކްޓަރުން އޭރު ވިދާޅުވި އެވެ. ނަމަވެސް ޑޮކްޓަރުންގެ ޓީމުން ފަހުން ވިދާޅުވަމުންދިޔައީ އޮޕަރޭޝަން ކޮށްގެން ޓިއުމަރު މުޅިން ނުނެގޭނަ ކަމުގައެވެ. އަދި އެ ޓިއުމަރު ނައްތާލަން ޖެހޭނީ ރޭޑިއޭޝާނާއި ކީމޯ ދީގެން ކަމަށްވެސް އެ ޓީމުން އިއްތިފާޤު ވެއެވެ.

މިކަމުގައި ތުއްތު އަޒުޔާންގެ މަންމައާއި ބައްޕަގެ އާދޭހަކީ ތިޔަ ލޮބުވެތި އަޚުންނާއި އުޚުތުންގެ ހެޔޮ ދުޢާ އެވެ. ތިޔަބޭފުޅުންގެ ތެރެއިން އެކި ގޮތްގޮތުން ޔާންއަށް ދީލަތި އެހީ ދެއްވާފައިވާ ހުރިހައި ފަރާތްތަކަށް މި ފުރުޞަތުގައި އަޒްޔާންގެ މަންމަ ޢާއިޝަތު ސުޒާނާ ޝުކުރު ދަންނަވަ އެވެ.

އަޒުޔާން މި ބަލިން ރަނގަޅުވެ، އަލުން އުފާވެރި ދިރިއުޅުމަކަށް ރުޖޫއަވުމަކީ އަޒުޔާންގެ މަންމަ އާއިޝަތު ސުޒާނާ އާއި ޔާންގެ މުޅި އާއިލާވެސް ދެކެމުން އަންނަ ފޮނި ހުވަފެނެކެވެ. މި ކުޑަކުޑަ އާއިލާގައި ހުރި އެންމެ ތުއްތު ދަރިފުޅަށް އުފާވެރި ޙަޔާތެއް ހޯއްދައި ދިނުމަށް ސުޒާނާއާއި ކުޑަކުޑަ އަޒްޔާންގެ އެދުމަކީ ތިއަ ބޭފުޅުންގެ ހެޔޮ ދުޢާ އެވެ. އަދި އެކިފަހަރުމަތިން އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދެއްވި ހުރިހައި ފަރާތަކަށް ޔާންގެ ހެޔޮދުޢާ އާއި ސަލާމްވެސް ރައްދު ކުރެއެވެ.

”ރާއްޖެއިން މިކަންވޭތޯ އައިޖީއެމްއެޗް ގެ ޑޮކްޓަރަކާ ވާހަކަ ދައްކައިގެން ޑޮކްޓާރުބުނީ އިންޑިއާގެ ޑޮކްޓަރުގެ ލިއުމަކާ އެ ޓިއުބު އިންޑިއާއިން ގެންނަނިކޮށް ކޮށްދީފާނަމޭ. އެހެން ނަމަވެސް ޔާންގެ މި އޮޕަރޭޝަންކުރިން ޑޮކްޓަރު ބޭނުމެއްނުވޭ އެކަން އެހެން ޑޮކްޓަރަކު ކުރާކަށް އަދި އަމުދުން ރާއްޖެއިން އެކަން ކުރާކަށް އަމްރިތާގެ ޑޮކްޓަރުން ހުއްދައެއްނުދޭ. ދެން ޑޮކްޓަރު ބުނީ އަނެއްކާވެސް 6 މަސް ފަހުން އިންޑިއާ އަށް އަންނާށޭ. ނޫނީ މިހާރު ގުޅާފަ އިން ހޮޅީގެ ކިތަންމެ ކުޑަ ނަމަވެސް މައްސަލައެއް އުޅެންޏާ ވީހާވެސް އަވަހަށް އިންޑިއާއަށް އައުމަށްވެސް ޑޮކްޓަރު ވަނީ އެދިލައްވާފަ.“ އަސަރާއި އެކު ވާހަކަ ދައްކަމުން ޔާންގެ މަންމަ މި ވާހަކަތައް ފެންވަރު އޮންލައިންނަށް ހިޞާއް ކުރެއްވި އެވެ.

1 ކޮމެންޓް

Leave a Reply to އަފީފާ Cancel reply

Your email address will not be published. Required fields are marked *


ގުޅުންހުރި