Search Streamline Icon: https://streamlinehq.com

ރައްޔިތުންގެ މަޖިލީހުގެ ދާއިރާތައް ކަނޑައެޅިގޮތަށް ބައެއް ބަދަލު ގެންނަން ނިންމައިފި

Rayyithunge majilis

އަންނަ 2024 ވަނަ އަހަރު ބޭއްވުމަށް ތައްޔާރުވަމުން އަންނަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި އިންތިޚާބީ ދާއިރާތަކަށް އާބާދީ ކަނޑައަޅާފައިވާގޮތަށް ބައެއް ބަދަލުތައް ގެނައުމަށްފަހު އިލެކްޝަންސް ކޮމިޝަނުން އެކަން ހާމަކުރައްވައިފި އެވެ.

މިދިޔަ ސެޕްޓެމްބަރު މަހުގެ 27 ވަނަދުވަހު އިލެކްޝަންސް ކޮމިޝަނުން އާންމުކުރައްވާފައިވާ ރައްޔިތުންގެ މަޖިލީހުގެ 2024 ވަނަ އަހަރުގެ އިންތިޚާބީ ދާއިރާތައް ކަނޑައަޅާފައިވާގޮތުގެ ވަގުތީ ރިޕޯޓަށް ޝަކުވާ ހުށަހެޅުމަށް ހުޅުވާލި ފުރުޞަތުގައި 65 ޝަކުވާއާއި ޚިޔާލުވަނީ ހުށހަޅާފަ އެވެ.

އިލެކްޝަންސް ކޮމިޝަންސްގެ ނައިބް ރައީސް އިސްމާޢިލް ޙަބީބު ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ 2024 ވަނައަހަރުގެ އިންތިޚާބީ ދާއިރާތަކަށް އާބާދީ ކަނޑައަޅާފައިވާގޮތުގެ ވަގުތީ ރިޕޯޓަށް ލިބިފައިވާ ޝަކުވާއާއި ޚިޔާލުތައް އިލެކްޝަންސް ކޮމިޝަނުން ދިރާސާކުރުމަށް ފަހު، ވަގުތީ ރިޕޯޓަށް ބައެއް ބަދަލު ގެނައުމަށް ނިންމާފައިވާކަމުގަ އެވެ. އެގޮތުން ވަގުތީ ރިޕޯޓަށް 3 ބަދަލެއް ގެނައުމަށް ނިންމާފައިވާކަމަށް ޙަބީބު ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލީހުގެ 2024 ވަނައަހަރުގެ އިންތިޚާބީ ދާއިރާތަކަށް އާބާދީ ކަނޑައަޅާފައިވާގޮތުގެ ވަގުތީ ރިޕޯޓަށް ލިބިފައިވާ ޝަކުވާއާއި، ޚިޔާލުތައް އިލެކްޝަންސް ކޮމިޝަނުން ދިރާސާކުރުމަށް ފަހު، ވަގުތީ ރިޕޯޓަށް ބައެއް ބަދަލު ގެނައުމަށް ކޮމިޝަނުން ނިންމަވާފައިވާ އިރު އިތުރުވާ ގޮނޑިތައް ފުރަތަމަ ކަނޑައަލާފައިވަނީ މޮގޮތަށެވެ.

މާލޭ ސިޓީ އަށް 2 ގޮނޑި: ހުޅުމާލެ މެދު ދާއިރާ، ހުޅުމާލެ އުތުރު ދާއިރާ

އައްޑޫ ސިޓީ އަށް 1 ގޮނޑި: ފޭދޫ އުތުރު ދާއިރާ (ފޭދޫ، މަރަދޫފޭދޫ)

މާޅޮސްމަޑުލު ދެކުނުބުރިއަށް (ބ. އަތޮޅު) 1 ގޮނޑި: ހިތާދޫ ދާއިރާ (ހިތާދޫ، މާޅޮސް، ދަރަވަންދޫ)

މާލެ އަތޮޅަށް 1 ގޮނޑި: ހުރާ ދާއިރާ (ހުރާ، ހިންމަފުށި، ގުޅި)

ހުވަދުއަތޮޅު އުތުރުބުރިއަށް (ގއ. އަތޮޅު) 1 ގޮނޑި: ކޮލަމާފުށި ދާއިރާ (ކޮލަމާފުށި، ދެއްވަދޫ)

ޙަބީބު ވިދާޅުވީ މިހާރު މިގެންނަ ބަދަލުތަކުގެ ތެރެއިން މާލޭ މުނިސިޕަލްޓީގެ ދަފްތަރުގައި ހިމެނޭ މީހުންގެ ތެރެއިން، ވިލިމާލެ ދާއިރާގައި ރަޖިސްޓަރީ ވެފައިވާ މީހުން ފިޔަވައި އެހެން ހުރިހާ މީހުން، ހުޅުމާލެ މެދު ދާއިރާއަށާއި، ހުޅުމާލެ އުތުރު ދާއިރާއަށް ބަދަލުކުރުމަށް ނިންމާފައިވާކަމުގަ އެވެ. އަދި ދަފްތަރު މީހުން ހިމެނޭ މާލޭ ދާއިރާތައް މާފަންނު، މައްޗަންގޮޅިގެ އާބާދީ ހަމަހަމަކުރުމަށް ޗާޓަށް ބަދަލު ގެނައުމަށް ނިންމާފައި ވާކަމަށްވެސް ޙަބީބު ވިދާޅުވި އެވެ.

ޙަބީބު ވިދާޅުވީ ވަގުތީ ރިޕޯޓަށް ގެންނަ އިތުރު ބަދަލުތަކުގެ ތެރޭގައި، ހައްދުންމަތީ ގަމު ދާއިރާއިން މުންޑޫ ވަކިކޮށް، އިސްދޫ ދާއިރާއަށް މުންޑޫ ބަދަލުކުރުން ހިމެނޭކަމުގަ އެވެ. މީގެ އިތުރުން ހުވަދުއަތޮޅު އުތުރުބުރީގެ 3 ދާއިރާ އަކަށް އާބާދީ ހަމަހަމަކުރުމަށް ބަދަލުގެނައުމަށް ނިންމާފައި ވާކަމަށްވެސް ޙަބީބު ވިދާޅުވި އެވެ.

ޙަބީބު ވިދާޅުވީ ހުވަދުއަތޮޅުގެ ދާއިރާތަކުގެ ތެރެއިން ވިލިނގިލި ދާއިރާގައި ހިމެނޭނީ ވިލިނގިލި އެކަނި ކަމުގަ އެވެ. އަދި ދާންދޫ ދާއިރާގައި ހިމެނޭނީ ނިލަންދޫ، ދާންދޫ، ކޮނޑޭ އެވެ. ގެމަނަފުށި ދާއިރާގައި ހިމެނޭނީ ގެމަނަފުށި، ކަނޑުހުޅުދޫ، ދެއްވަދޫ އެވެ. އަދި ކޮލަމާފުށި ދާއިރާގައި ހިމެނޭނީ ކޮލަމާފުށި، މާމެންދޫ ކަމަށްވެސް ޙަބީބު ވިދާޅުވި އެވެ.

އިލެކްޝަންސް ކޮމިޝަނުން ބުނެފައިވަނީ ރައްޔިތުންގެ މަޖިލީހުގެ 2024 ވަނަ އަހަރުގެ އިންތިޚާބީ ދާއިރާތަކަށް އާބާދީ ކަނޑައަޅާފައިވާ ގޮތުގެ ފައިނަލް ރިޕޯޓް މިމަހުގެ ތެރޭގައި ޢާންމު ކުުރުމަށް މަސައްކަތްކުރަމުން ގެންދަވާކަމުގަ އެވެ.

2 ކޮމެންޓް

  1. މ. އަތޮޅު ދެދާއިރާ އަށް ބަލާއިރު ދިއްގަރަށް ވުރެ ކޮޅުފުށީގައި އާބާދީ ބޮޑު އެކަމު އޮންނަނީ މުލަކު ދާއިރާ އާއި ދިއްގަރު ދާއިރާ، މާލެ އަތޮޅުން ގުރައިދޫ ދާއިރާގެ މާފުށީގައި ގުރައިދޫ އަށްވުރެ އާބާދީ ބޮޑުވުމުން ގުރައިދޫ ދާއިރާގެނަން ވަނީ މާފުށި ދާއިރާއަށް ބަދަލުވެފަ އެހެންވީރު މ. އަތޮޅުން އެބަދާލު ނާންނަނީ ކީއްވެބާ އެމްޕީއެއްގެ ބާރު މާގަދައީބާ

  2. ޜަނގަޅުވާހަކަ ފުޅެއް ޢާބާދީ ބޮޑުވެ ކުޑަވުމަކުން ވާކަމެއްނޫންކަން މިފެންނަނީ އަޑުގަދަމީހާ ރުއްގިނަވާ މަންޒަރު މ.އަތޮޅަކީ މައޫމޫންއަބްދުލްގައްޔޫމް މި ބޭފުޅާ ބޭނުން ގޮތަކައް ހާވަން ބޭނުންކުރާ ފުއްގަޑެއް

Leave a Reply to ކޮޅުފުށި Cancel reply

Your email address will not be published. Required fields are marked *