Search Streamline Icon: https://streamlinehq.com

ރާއްޖޭގެ ގިނަ ރައްޔިތުން ބޭނުންވީ ހަމަ އިިހުވެސް އޮތް ގޮތަށް ޖެނުއަރީން ޑިސެމްބަރަށް ޓާމު ބާއްވަން: ވަޒީރު ޝަފީޢު

Original

ރާއްޖޭގެ ގާތްގަނޑަކަށް %70 ރައްޔިތުން ބޭނުންވަނީ ދިރާސީ އަހަރު ޖެނުއަރީން ފެށިގެން ޑިސެމްބަރާއި ހަމައަށް ބާއްވަން ކަމަށް ތަޢުލީމާ ބެހޭ ވަޒީރު ޑރ. އިސްމާޢީލް ޝަފީޢު ވިދާޅުވެއްޖެއެވެ.

ތަޢުލީމާއި ބެހޭ ވަޒީރު މިފަދައިން ވިދާޅުވެފައިވަނީ ދިރާސީ އަހަރުގެ ކިޔެވުން ފަށާ ތާރީހް ބަދަލުކުރުމާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި މެމްބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުންނެވެ.

ތަޢުލީމާބެހޭ ވަޒީރު ވިދާޅުވީ ކޮވިޑްގެ ސަބަބުން މިފަދަ ބަދަލެއް ގެނައި އެހެން އެއްވެސް ގައުމެއް ނެތްކަމަށާއި މިދިޔަ ސަރުކާރުން ދިރާސީ އަހަރު ފެށޭ ތާރީހު ބަދަލުކުރުމަށް އެކަށީގެންވާ ސަބަބެއް ނެތްކަމަށެވެ.

ވަޒީރު ޝަފީއު ވިދާޅުވީ، ދިރާސީ އައު އަހަރު ފެށޭ ތާރީހު ބަދަލުކުރުމަށް ނިންމީ، ކުރީ ސަރުކާރުން ގެނައި ބަދަލު ދިރާސާ ކުރުމަށްފަހު ގިނަ އަދަދެއްގެ ރައްޔިތުން ބޭނުންވެގެންކަމަށާއި އަދި ކުރީ ސަރުކާރުން ގެނައި ބަދަލާއި އެއްގޮތަށް އޮތުމުން ލިބޭނެ ފައިދާއަށްވުރެ ގެއްލުން ބޮޑުކަމަށެވެ.

މީގެ އިތުރުން ދިރާސީ އަހަރު ބަދަލުކުރުމަށް ނިމިދިޔަ ސަރުކާރުން 30،000 މީހުންގެ ޚިޔާލު ހޯދިނަމަވެސް އެބަދަލު ގެނެސްފައިވަނީ މީގެތެރެއިން %70 މީހުންގެ ޚިޔާލާ ދެކޮޅަށް ކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި ކުރީ ސަރުކާރުން ގެނައި މި ބަދަލު ގެނައުމަށް ބެލެނިވެރިންނާއި ދަރިވަރުން ނޭދޭކަން ވެސް ވަޒީރު ޝަފީއު ފާހަގަކުރެއްވިއެވެ.

މިސަރުކާރުން ދިރާސީ އަހަރުގެ ކިޔެވުން ޖެނުއަރީމަހު ފަށަން ބަދަލުކޮށްފައިވަނީ ކޯވިޑު-19ގެ ތެރޭގައި ދަރިވަރުންގެ ހަޔާތުން ގެއްލުނު 6 މަސް ދުވަސް އަނބުރާ އިޔާދަކުރެވޭނެ އިންތިޒާމުތަކާ އެކުގައިކަމަށް ވެސް ވަޒީރު ވިދާޅުވިއެވެ.

ގުޅޭ ޓެގް:

Leave a Reply

Your email address will not be published. Required fields are marked *