Search Streamline Icon: https://streamlinehq.com

ފަހުގެ

އެމްޑީޕީގެ އެތެރޭގެ އިންތިޚާބަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފި

MDP

މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ އެތެރޭގެ އިންތިޚާބަށް ކުރިމަތިލުމުގެ ފުރުޞަތު އެ ޕާޓީން ހުޅުވާލައިފިއެވެ.

އެތެރޭގެ އިންތިޚާބާއި ބެހޭގޮތުން އެމްޑީޕީން ކޮށްފައިވާ އިޢުލާނެއްގައި ބުނެފައިވަނީ، މި އިންތިޚާބުގައި ވާދަކުރެވޭނީ 2026 ވަނަ އަހަރުގެ އޮކްޓޯބަރ މަހުގެ 20 ވަނަ ދުވަހުގެ މެންދުރުފަހު 14:00 އަށް އެންޑީޕީގެ މެމްބަރުންގެ ދަފްތަރުގައި ހިމެނޭ ފަރާތްތަކަށް އެކަނި ކަމުގައެވެ. އަދި އިންތިޚާބަށް ކުރިމަތި ލެވޭނީ އެމްޑީޕީގެ ޔެލޯ އެޕް މެދުވެރިކޮށް 25 އޮކްޓޯބަރ 2026 ގެ 14:00 ގެ ކުރިން ފޯމު ފުރިހަމަކޮަށް ހުށަހަޅާ ފަރާތްތަކަށް ކަމަށްވެސް އެމްޑީޕީން ހާމަކުރައްވައެވެ.

މި އިންތިޚާބާ ގުޅިގެން އެމްޑީޕީން ބުނެފައިވަނީ، އިންތިޚާބަށް ކުރިމަތިލުމުގެ ކަންކަން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ އޮންލައިންކޮށް ކަމުގައެވެ. އެގޮތުން އެޕްލިކޭޝަން ހުށަހެޅުމަށްޓަކައި ޚާއްޞަ ލިންކެއްގެ ގޮތުގައި https://1.mdp.org.mv/app ހަމަޖައްސާފައި ވާކަމަށްވެސް އެ ޕާޓީން ބުނެފައިވެއެވެ.

އެމްޑީޕީގެ އެތެރޭގެ އިންތިޚާބުގައި ޒުވާނުންނާ ގުޅޭ ގޮތުން ކަނޑައަޅާފައިވާ ދާއިރާތަކަށް ކުރިމަތިލެވޭ ޢުމުރުފުރާއަކީ 18 އަހަރާއި 31 އަހަރާ ދެމެދުގެ ފަރާތްތަކަށެވެ. އަދި މި ޢުމުރުފުރާގެ ތެރެއިން 1 އަދި 5 ފުރުޞަތު އެކި ދާއިރާތަކަށް ކަނޑައެޅިފައިވާކަމަށްވެސް  އެ ޕާޓީން ބުނެއެވެ.

އެމްޑީޕީން ހާމަކުރެއްވި ގޮތުގައި މި އިންތިޚާބުގައި ގޮފިތަކާއި މަޤާމުތަކާ ގުޅޭގޮތުން އާންމުކޮށްފައިވާ ތަފްޞީލުތަކުގައި 500 އަދި 1،000 (އެއްހާސް) މެންބަރުންގެ މިންގަނޑުތައް ހިމަނާފައިވެއެވެ. އެގޮތުން 1 އަދި 2 މަޤާމު ނުވަތަ މަންދޫބުންގެ ނިސްބަތްތައް 500 އަދި 1،000 މެންބަރުންގެ މައްޗަށް ބަހާލައިގެން ވަނީ ހަމަޖައްސަވާފައެވެ.

އެމްޑީޕީގެ އެތެރޭގެ އިންތިޚާބުގައި ވާދަކުރަން ބޭނުންވެ ލައްވާ ފަރާތްތަކުން ކަނޑައެޅިފައިވާ ސުންގަޑި ކަމަށްވާ 25 ވަނަ ދުވަހުގެ 14:00 ގެ ކުރިން، އެ ޕާޓީގެ ޕޯޓަލް މެދުވެރިކޮށް އެޕްލިކޭޝަން ހުށަހެޅުމަށް އެމްޑީޕީން ވަނީ އެދިލައްވާފައެވެ.

ގުޅޭ ޓެގް:

Leave a Reply

Your email address will not be published. Required fields are marked *


ގުޅުންހުރި