Search Streamline Icon: https://streamlinehq.com

ފަހުގެ

ކާރިސާތަކުން ރައްކާތެރިވުމާ ގުޅޭގޮތުން، ކޮމިޝަނަރ އޮފް ޕޮލިސް އެންޑީއެމްއޭގެ އިސްވެރިންނާ ބައްދަލުކުރައްވައިފި

CP

ކާރިސާތަކުން ރައްކާތެރިވުމަށާއި، ކާރިސާތަކަށް އިޖާބަދިނުމުގައި ދެ މުއައްސަސާގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ހަރުދަނާކުރުމާ ގުޅޭގޮތުން ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު މުޙައްމަދު، ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ ގެ އިސް ވެރިންނާ ބައްދަލުކުރައްވައި މަޝްވަރާކުރައްވައިފިއެވެ.

ފުލުހުންގެ މައި މަރުކަޒު، ޝަހީދު ޙުސައިން އާދަމް ބިލްޑިންގގައި ބޭއްވުނު މި ބައްދަލުވުމުގައި މަޝްވަރާކުރެވުނީ ކާރިސާތަކުން ރައްކާތެރިވުމަށް މުޖުތަމައު ތައްޔާރުވުން އިތުރުކުރުމުގައި ފުލުހުންގެ ދައުރު ފުޅާކުރުމާ ގުޅޭގޮތުންނެވެ.

މީގެއިތުރުން، ކާރިސާތަކުގައި ފުރަތަމަ އެޓެންޑްވާ ފަރާތްތަކުގެ ގެ ގޮތުގައި ދެ މުއައްސަސާ ގުޅިގެން މަސައްކަތްކުރެވޭނެ ދާއިރާތައް ދެނެގަތުމަށާއި، ރަށްރަށުގައި ކޮމިއުނިޓީ އިމަޖެންސީ ރެސްޕޮންސް ޓީމުތައް އެކުލަވައިލުމުގައި ފުލުހުންގެ އެއްބާރުލުން ދިނުމާ ގުޅޭގޮތުންވެސް މަޝްވަރާކުރެވުނެވެ.

މި ބައްދަލުވުމުގައި އެންޑީއެމްއޭގެ ފަރާތުން ބައިވެރިވެވަޑައިގެންނެވީ ޗީފް އެގްޒެކެޓިވް ޙިސާން ޙަސަން، ސެކްރެޓަރީ ޖެނެރަލް ސަފީނާޒް ޙަސަން، ޑިރެކްޓަރ އޮފް ޕޮލިސީ އެންޑް ޕްލޭނިންގ އިބްރާހީމް ކާޝިފް ނަޞީރު، ޑިރެކްޓަރ އޮފް ޕްރޮގްރާމްސް، ރިސަރޗް އެންޑް އެޑްވޮކަސީ ޙަސަން ޒިޔާއު، ޑިރެކްޓަރ އޮފް ކޯޕަރޭޓް އެފެއާޒް ޢަބްދުﷲ ރާފިޢު އަދި ސީނިއަރ އެޑްމިނިސްޓްރޭޓިވް އޮފިސަރ މުޙައްމަދު ޝިޔާޒެވެ.

ގުޅޭ ޓެގް:

Leave a Reply

Your email address will not be published. Required fields are marked *


ގުޅުންހުރި