މި އަހަރުން ފެށިގެން ފިތުރު އީދު އަދި އަޟްހާ އީދު ނަމާދުގެ ޖަމާއަތް ފަށާ ގަޑިއަކީ ހެނދުނު 7:00 ކަމުގައި އިސްލާމިކް މިނިސްޓްރީން ނިންމައިފި އެވެ.
އިސްލާމިކް މިނިސްޓްރީން ބުނީ އީދު ނަމާދު ގަޑިއަށް ބަދަލުގެނައީ އެއީ މިހާރު ޢީދު ނަމާދު ކުރާ ގަނޑިއަށް ބަދަލުގެންނަން މިނިސްޓްރީން ނިންމާފައިވާއިރު، މި ބަދަލުގެނައުމާއި ގުޅިގެން އިސްލާމިކް މިނިސްޓްރީން ބުނީ އެ ވަގުތަކީ އިރުއަރައި އިރުގެ ހޫނުކަން ގަދަވަމުން އަންނަ ވަގުތަކަށް ވެފައި، މިހާރަކަށް އައިސް ރާއްޖޭގައި މައިދާންތަކާއި ހުސްބިންތަކުގައި އީދު ނަމާދު ކުރަމުން ގެންދާތީ އާއި، އީދު ނަމާދުގެ ޖަމާއަތަށް ހާޒިރުވާ ފަރާތްތަކުގެ ތެރޭގައި ތުއްތު ކުދިންނާއި، އަންހެނުންނާއި، މުސްކުޅިންނާއި، ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތައް ހިމެނޭތީ، ހޫނު ގަދަވުމުގެ ސަބަބުން ތަކުލީފުތަކެއް އުފުލަންޖެހޭ ކަމަށެވެ.
ރަސޫލާގެ ސުންނަތަށް ތަބާވުމަކީ މޮޅު އިތުރުގޮތް ކަމަށްވާތީ އާއި އާންމު މަސްލަހަތަށް ރިޔާއަތް ކުރުމަށް ޝަރުއުގައި ކަނޑައަޅުއްވާފައިވާ ގަވާއިދުތަކަށް ރިޔާއަތްކޮށް، މިއަހަރުން ފެށިގެން ފިތުރު އީދު އަދި އަޟްހާ އީދު ނަމާދުގެ ޖަމާއަތް ފަށާ ގަޑިއަކީ ހެނދުނު 7:00 ކަމުގައި ކަނޑައަޅާފައިވާ ކަމަށް މިނިސްޓްރީން ބުނެ އެވެ.
ކީރިތަ ރަސޫލާގެ ސުންނަތުން ސާބިތުވާ ގޮތުން ވެސް އެކަލޭގެފާނު އީދު ނަމާދު ކުރައްވާފައިވަނީ އިރުގެ ހޫނުކަން ގަދަވުމުގެ ކުރިން ޟުޙާ ވަގުތުގައިކަން ފެންނަން އޮންނަ ކަމަށް މިނިސްޓްރީން ބުނެ އެވެ.
މި ނިންމުން ނިންމާފައިވަނީ ފަތުވާދޭ އެންމެ މަތީ މަޖިލީހާއި، ދީނީ އިލްމުވެރިންނާއި، ފަލަކީ ހިސާބުތަކާ ބެހޭ ކޮމިޓީއާ މަޝްވަރާ ކުރުމަށްފަހު ކަމަށް އިސްލާމިކް މިނިސްޓްރީން މައުލޫމާތުދެ އެވެ.









