ރާއްޖޭގައި އޮންލައިން ޕްލެޓްފޯމުތައް މެދުވެރިކޮށް ފައިސާ ލިބުމަށް ހުރި ހުރަސްތައް ނައްތާލުމަށް އަންނަ މޭމަހުގައި އީ-ވޮލެޓް ތައާރަފް ކުރުމަށް ނިންމައިފިއެވެ.
ރައީސް އޮފީހުން ކުރިއަށް ގެންދާ “ރައީސްގެ ޖަވާބު“ ޕްރޮގްރާމުގައި މިއަދު ކުރިއަށް ގެންދިއަ ބައިގައި އާންމު ފަރާތަކުން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ރައީސް ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވީ ރާއްޖޭގައި އޮންލައިން ޕްލެޓްފޯމުތައް މެދުވެރިކޮށް ފައިސާ ލިބުމަށް ހުރި ހުރަސްތައް ނައްތާލުމަށް އަންނަ މޭމަހުގައި އީ-ވޮލެޓް ތައާރަފް ކުރުމަށް ނިންމާފައިވާ ކަމަށާއި އެގޮތުން އީ ވޮލެޓް ތައާރަފް ކުރުމަށް ކުރަން ޖެހޭ ކަންކަން ވަރަށް ބާރަށް ހިނގަމުންދާ ކަމަށެވެ.
އަދި އުއްމީދަކީ އެންމެ ލަސްވެގެން އަންނަ މޭ މަހުގެ ތެރޭގައި އީ ވޮލެޓްގެ ހިދުމަތް ތައާރަފް ކުރުން ކަމަށް ކަމަށް ވެސް ރައީސް ވަނީ ވިދާޅުވެފައެވެ.
”އުއްމީދު ކުރަނީ މެއި މަހުގެ ތެރޭގަ އެންމެ ލަސްވެގެން އީ ވޮލެޓްގެ ހިދުމަތް ދެވިގެންދާނެ ކަމަށް“ ރައީސް ވިދާޅުވިއެވެ.
އީ-ވޮލެޓް ތައާރަފްކުރުމަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގައި އެދުމާ އެކު، ޕޭޕަލް ފަދަ އޮންލައިން ޕްލެޓްފޯމުތައް މެދުވެރިކޮށް ރާއްޖެއިން ފައިސާގެ މުއާމަލާތްތައް ކުރެވޭ ގޮތް ހެދުމުގެ މަސައްކަތް ފެށުމަށް ސަރުކާރުން ވަނީ މިދިޔަ ޖެނުއަރީ މަހުގެ ކުރީކޮޅު ނިންމާފައެވެ.









