Search Streamline Icon: https://streamlinehq.com

ސައުދީ ސަރުކާރުން ރާއްޖެއަށް 50 ޓަނު ކަދުރު ހަދިޔާކޮށްފި

Photo1711033074

ސައުދީ އަރަބިއްޔާއިން ރާއްޖެއަށް 50 ޓަނުގެ ކަދުރު ހަދިޔާކޮށްފިއެވެ.

އެގޮތުން ސައުދީ އަރަބިޔާގެ ސަރުކާރުން ރާއްޖެއަށް ހަދިޔާކުރި މި 50 ޓަނުގެ ކަދުރު މިއަދު އިސްލާމިކް އެފެއާޒް މިނިސްޓްރީއާއި ވަނީ ރަސްމީކޮށް ހަވާލުކޮށްފިއެވެ.

ސައުދީ އަރަބިޔާ އާއި ރާއްޖެ ސަރުކާރާ ދެމެދު ވެވިފައިވާ އެއްބަސްވުމެއްގެ ދަށުން ކޮންމެ އަހަރެއްގެ ރަމަޟާން މަހާ ދިމާކޮށް ސައުދީ ސަރުކާރުން ރާއްޖެއަށް ކަދުރު ހަދިޔާކުރެއެވެ. އެގޮތުގެ މަތިން މިއަހަރުވެސް ހަދިޔާ ކޮށްފައިވަނީ 50 ޓަނުގެ ކަދުރެވެ.

ސައުދީ ސަރުކާރުން ރާއްޖެއަށް ކަދުރު ހަދިޔާކުރިކަން ރަސްމީކޮށް ހާމަކޮށްފައި ވަނީ މިއަދު އިސްލާމިކް މިނިސްޓްރީން ކުރި އެކްސް ޕޯސްޓެއްގައިއެވެ.

މިއަހަރުގެ ރަމަޟާން މަހާ ދިމާކޮށް ދިވެހި ރައްޔިތުންނަށް ބެހުމަށް ސައުދީ ސަރުކާރުން ކަދުރު ހަދިޔާކުރިއިރު، ކަދުރުތައް ބަހާނެ ދުވަހެއް އަދި ކަދުރު ބަހާނެ ގޮތުގެ އުސޫލެއް މިނިސްޓްރީއިން އިއުލާން ކޮށްފައެއް ނުވެއެވެ.

ގުޅޭ ޓެގް:

Leave a Reply

Your email address will not be published. Required fields are marked *