Search Streamline Icon: https://streamlinehq.com

މަގުމަތީގެ ޤާވާޢިދާ އެއްގޮތަށް ދުއްވާ ފަރާތްތަކަށް ފުލުހުން ޚާއްޞަ ހަދިޔާއެއް ދެއްވަނީ

Polic Laamu gan fenvaru

މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށް ރައްޔިތުން ހޭލުންތެރިކޮށް މަގުމަތީގައި ހިނގާ ނުރައްކާތެރި ހާދިސާތައް މަދުކުރުމަށް ފުލުހުން ކުރިއަށްގެންދާ ފަހިރާސްތާ ޕްރޮގްރާމުގެ ތެރެއިން ޤާނޫނާއި ޤަވާޢިދާއި އެއްގޮތަށް ވެހިކަލް ދުއްވާ ފަރާތްތަކަށް ހިއްވަރު ދިނުމުގެ ގޮތުން ފުލުހުންގެ ފަރާތުން ޚާއްޞަ ހަދިޔާ ދޭން ފަށައިފި އެވެ.

މަގުތަކުގައި ޤަވާއިދާ އެއްގޮތަށް ދުއްވާ މީހުންނަށް އެކަމުގެ އަގުވަޒަންކޮށް ހިތްވަރު ދިނުމަށް ފުލުހުން ހިންގާ ޚައްޞަ ޕްރޮގްރާމަކީ ”ފަހިރާސްތާ“އެވެ.

ފަހިރާސްތާ ޕްރޮގުރާމްގެ ދަށުން ރޯޑްވާދިނަސް، އިންޝުއަރެންސް، އަހަރީފީ، އަދި އުޅަނދެއް ދުއްވުމުގެ ލައިސަންސް އޮތްނަމަ އެ ފަރާތަކަށް ހިލޭ ޕެޓްރޯލް ނުވަތަ އުޅަނދު ދޮވުމަށް ވައުޗަރއެއް ދެއްވަ އެވެ. އަދި ބްރިޖް ހައިވޭ ބޭނުންކުރާ ފަރާތްތަކުގެ ހެލްމެޓްގައި މައްސަލައެއް އުޅޭނަމަ ނޫނީ ޤަވާއިދަށް ނުފެތޭ ހެލްމެޓް ބޭނުންކުރާނަމަ އެފަދަ ފަރާތްތަކަށް ފުލުހުން ދަނީ ހެލްމެޓްވެސް ބަދަލުކޮށްދެއްވަމުން ނެވެ.

ފުލުހުން ހިނަގާ ފަހިރާސްތާގެ ދަށުން ޤަވާޢިދާ އެއްގޮތަށް ދުއްވާ ފަރާތްތަކުގެ ތެރެއިން ސައިކަލެއްނަމަ 3 ލީޓަރު ފެޓްރޯލް، ކާރެއްނަމަ 7 ލީޓަރު ޕެޓްރޯލް ހަދިޔާ ކުރައްވަ އެވެ. އަދި އުޅަނދު ދޮވެސާފުކުރުމަށްވެސް ގިފްޓް ވައުޗަރ ދެއްވަ އެވެ.

ފުލުހުން ހިންގަވާ މި ޕްރުގުރާމަކީ ޤަވާއިދާއި އެއްގޮތަށް އުޅޭ ފަރާތްތަކަށް ގަވާއިދާއި އެއްގޮތަށް އުޅުމަށް ހިތްވަރު ދިނުމަށް ކުރިއަށް ގެންދަވާ ޕްރޮގުރާމެކެވެ.

Leave a Reply

Your email address will not be published. Required fields are marked *