Search Streamline Icon: https://streamlinehq.com

ސަރުކާރަށް ބޮޑެތި ގޮންޖެހުންތަކެއް އެބަހުރި. އެއީ މަޖިލީހުން ކުރިމަތިކުރުވާ ގޮންޖެހުންތަކެއް: މިނިސްޓަރ ޝިޔާމް

TIbzAAUASPLMD1XqfK4R4ploIwjMktYLCVCkYhiC

މިއަދުގެ ސަރުކާރަށް، ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ ސަރުކާރަށް މިއަދު ވަރަށް ބޮޑެތި ގިންޖެހުންތަކެއް އެބަހުރިކަމަށާއި އެ ގޮންޖެހުންތަކަކީ ރައްޔިތުންގެ މަޖިލީހުން ކުރިމަތި ކުރުވާ ގޮންޖެހުންތަކެއްކަމަށް ޕީޕީއެމްގެ ނާއިބު ރައީސް އަދި މަސްވެރިކަމާއި ބެހޭ ވަޒީރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

މަޖިލިސް އިންތިހާބަށް ވާދަކުރައްވާ ތިނަދޫ އުތުރު ދާއިރާގެ ސަރުކާރުގެ ކެންޑިޑޭޓް ސަޢުދުالله ޙިލްމީގެ ފަރާތުން ރޭ ހުޅުމާލޭގައި ބޭއްވި ޚާއްސަ ތަރަވީހެއްގެ ތެރެއިން އެ ހަރަކާތުގައި ވާހަކަދައްކަވަމުން މިނިސްޓަރ ޝިޔާމް ވިދާޅުވީ ރައީސް ޑރ. މުޙައްމަދު މުއިއްޒުއަށާއި މި ސަރުކާރަށްވެސް މިއަދު ވަރަށް ބޮޑެތި ގޮންޖެހުންތަކެއް އެބަހުރި ކަމަށާއި އެ ގޮންޖެހުންތައް ކުރިމަތި ކުރުވަނީ ރައްޔިތުންގެ މަޖިލީހުން ކަމަށެވެ.

ޝިޔާމް ވިދާޅުވީ، މިއަދު މި ފެނިގެންދަނީ މަޖިލީހުގައި ސަރުކާރުގެ އަޣުލަބިއްޔަތު ނެތުމުގެ ސަބަބުން މަޖިލީހުން ސިޔާސީ މަގްސަދު ހާސިލްކުރުމުގެ ބޭނުމުގައި ރައީސް އަށާއި މި ސަރުކާރަށް ޖެއްސުން ކުރަމުންދާ މަންޒަރު ކަމުގައެވެ. އަދި މިކަމުގެ ހުރިހާ ގެއްލުމެއް ވެސް ލިބިިގެންދަނީ ދިވެހި ރައްޔިތުންނަށް ކަމަށް އޭނާ ވިދާޅުވިއެވެ.

ޝިޔާމް އިތުރަށް ވިދާޅުވީ، ރައީސް މުއިއްޒު ގެންނެވި މެނިފެސްޓޯއާއި ތަސައްވުރު ހާސިލުކުރެވޭނެ ގޮތަށް ރައްޔިތުންގެ މަޖިލީހުގެ ކަންކަން ބައްޓަންވާންޖެހޭނެ ކަމަށާއި މިހާރު މި އޮތް ހާލަތު ބަދަލުކުރައްވަން ޖެހިފައިވާކަމަށެވެ.

ޝިޔާމް ވިދާޅުވީ ރަށްރަށާއި މާލެއަށް ރައީސް މުއިއްޒު ގެންގުޅުއްވާ ތަރައްގީގެ މަޝްރޫޢުތައް ބާރަށް ކުރިއަށް ގެންދެވޭނެ ގޮތަށް ރައްޔިތުންގެ މަޖިލީހުގެ ކަންކަން ބައްޓަންކޮށްދެއްވުމަށް ދިވެހި ރައްޔިތުންގެ ކިބައިން އެދިލައްވާކަމަށެވެ.

ގުޅޭ ޓެގް:

Leave a Reply

Your email address will not be published. Required fields are marked *