Search Streamline Icon: https://streamlinehq.com

މި ސަރުކާރު އައިއިރު ގިނަ މަޝްރޫޢުތައް ހުރީ ފައިސާ ދިނުމުގައި ދަތިތަކެއް ހުރުމުން ހުއްޓިފަ: ރައީސް

Big I1YLADjcPBSJvxJGtVoa40gNb

މި ސަރުކާރު އައި އިރު، ގިނަ މަޝްރޫޢުތައް ހުރީ ފައިސާ ދިނުމުގެ ދަތިތަކެއް ހުރުމުން ހުއްޓިފައިކަމަށާއި ނަމަވެސް އެމަޝްރޫޢުތަކަށް ފައިސާ ދީގެން މިހާރު ގިނަ ކަންކަން ފެށިފައިވާކަަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ފ. ފީއަލީ ރައްޔިތުންނާ ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައި ރައީސް ވިދާޅުވީ މި ސަރުކާރު އައި އިރު، ގިނަ މަޝްރޫޢުތައް ހުރީ ފައިސާ ދިނުމުގެ ދަތިތަކެއް ހުރުމުން ހުއްޓިފައިކަމަށާއި ނަމަވެސް އެމަޝްރޫޢުތަކަށް ފައިސާ ދީގެން މިހާރު ގިނަ ކަންކަން ފެށިފައިވާކަަމަށެވެ. އެގޮތުން ފީއަލީގައިވެސް ރައްޔިތުން ބޭނުންވާ ތަރައްޤީގެ ހުރިހާ މަސައްކަތްތައް ކުރިއަށް ގެންދަވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ.

ފ.ފީއަލީގެ ބިންހިއްކުމުގެ މަސައްކަތް އިތުރަށް ފުޅާކޮށް، ހިއްކެން އޮތް އެންމެ ބޮޑަކަށް ބިން ހިއްކަވައިދެއްވާނެކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ދެއްވަވާފައެވެ.

ރައްޔިތުން އެދޭގޮތަށް މަޝްރޫޢު ބަދަލުކޮށްދެއްވާނެކަމުގެ ޔަޤީންކަން ދެއްވާފައިވާއިރު، އެގޮތުން މިމަޝްރޫޢަށް 15 ހެކްޓަރުގެ ބިން އިތުރުކޮށްދެއްވާނެކަމަށް ވެސް ރައީސް ވިދާޅުވިއެވެ. އަދި ފީއަލީ ފަޅުގައި އިތުރަށްވެސް ޖާގަ އޮތްކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ ހިއްކެން އޮތް އެންމެ ބޮޑަކަށް ބިން ހިއްކަވައިދެއްވާނެކަމަށެވެ.

މީގެ އިތުރުންވެސް ރައީސް ވަނީ ފީއަލީގެ ތަރައްޤީއަށް ހުރި މުހިންމު މަޝްރޫޢުތައް ނުހުއްޓި ބާރު ދުވެލީގައި ކުރިއަށް ގެންގޮސް ނިންމަވާދެއްވާނެކަމުގެ ޔަޤީންކަން ދެއްވާފައެވެ.

ގުޅޭ ޓެގް:

Leave a Reply

Your email address will not be published. Required fields are marked *