Search Streamline Icon: https://streamlinehq.com

މިހާތަނަށް 47،296 މީހުން ވޯޓުލައިފި

GLqn B0bkAExZYQ

މިހާރު ކުރިއަށްދާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި މިހާތަނަށް 47،296 މީހުން ވޯޓުލާފައިވާކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެއްޖެއެވެ.

އެ ކޮމިޝަނުން ވިދާޅުވީ ފުރަތަމަ ދެ ގަޑިއިރުގެ ތެރޭގައި ވޯޓުލާފައިވާ މީހުންގެ ތެރޭގައި ހިމެނެނީ 17،885 އަންހެނުންނާއި، 29،411 ފިރިހެނުންނެވެ. އެއީ ވޯޓުލުމުގެ ހައްގު ލިބިގެންވާ މީހުންގެ 16.61 އިންސައްތައެވެ.

އެހެންކަމުން ވޯޓުލުމުގެ ހައްގު ލިބިގެންވާ 284،663 މީހުންގެ ތެރެއިން މިހާތަނަށް 237،367 މީހުން ވޯޓު ނުލައެވެ.

93 ދާއިރާއަކަށް މެންބަރުން އިންތިޚާބުކުރުމަށްޓަކައި ކުރިއަށްދާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވޯޓުލުން ކުރިއަށްދާނީ ހަވީރު 17:30އާ ހަމައަށެވެ.

އިލެކްޝަންސް ކޮމިޝަނުން ވަނީ ވީހާވެސް އަވަހަށް އިންތިޚާބުގައި ވޯޓުލުމަށް އިލްތިމާސްކުރައްވާފައެވެ.

ގުޅޭ ޓެގް:

Leave a Reply

Your email address will not be published. Required fields are marked *